ވިޔަފާރި
ފެނަކައިން 39 ޖެނެރޭޓަރު ގަންނަން ބިޑަށް ހުޅުވާލައިފި
ރަށްރަށުގައި ދިމާވެފައިވާ ކަރަންޓް މައްސަލަތައް ހައްލުކުރަން ފެނަކައިން 39 ޖަނެރޭޓަރު ސެޓު ގަތުމަށް ބިޑަށް ހުޅުވާލައިފި އެވެ.

ފެނަކައިން ވަކިވަކިން ކުރި އިއުލާންތަކެއްގައި ބުނީ 250 ކިލޯވޯޓާއި 1600 ކިލޯވޯޓާއި ދެމެދުގެ ޖެނެރޭޓަރު ސެޓު ހޯދަމުންދާ ކަމަށެވެ. އަދި އެތަކެތި ވިއްކުމަށް އަގު ހުށަހެޅުމުގެ ފުރުސަތު ޝައުގުވެރިވާ ރާއްޖެއާ ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ހުޅުވާލާފައިވާ ކަމަށެވެ.

ފެނަކައަށް ބޭނުންވާ ޖެނެރޭޓަރު ސެޓުތައް

  • 1600 ކިލޯވޮޓުގެ 2 ޖެނެރޭޓަރު ސެޓް
  • 800 ކިލޯވޮޓުގެ 5 ޖެނެރޭޓަރު ސެޓް
  • 1200 ކިލޯވޮޓުގެ 5 ޖެނެރޭޓަރު ސެޓް
  • 400 ކިލޯވޮޓުގެ 6 ޖެނެރޭޓަރު ސެޓް
  • 1000 ކިލޯވޮޓުގެ 6 ޖެނެރޭޓަރު ސެޓް
  • 250 ކިލޯވޮޓުގެ 7 ޖެނެރޭޓަރު ސެޓް
  • 600 ކިލޯވޮޓުގެ 8 ޖެނެރޭޓަރު ސެޓް
ފެނަކައިން ބުނީ މަސައްކަތުގެ ބިޑް ސެކިއުރިޓީއެއްގެ ގޮތުގައި 3،000 ޔޫއެސް ޑޮލަރު ނުވަތަ އެދަދަށްވާ ފައިސާ ދިވެހި ރުފިޔާއިން ހުށަހަޅަންޖެހޭނެ ކަމަށެވެ.

ފެނަކައިން ވަކިވަކިން ކޮށްފައިވާ އެ އިއުލާންތަކުގައިވާ ގޮތުން މި މަހުގެ 7 އިން 14 ގެ ނިޔަލަށް ބޮޑުގައި ރަޖިސްޓްރީވެވޭނެ އެވެ. އަންދާސީ ހިސާބު ހުށަހަޅަން ހުޅުވާލާފައި ވަނީ މި މަހުގެ 15 އާއި 16 ގަ އެވެ.

ފެނަކައިން ބުނީ ރަޖިސްޓްރީ ނުކުރާ ފަރާތްތަކުގެ އަންދާސީ ހިސާބާއި ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީ ހިސާބުތައް ބަލައި ނުގަންނާނެ އެވެ. އަދި އެކަމާ ގުޅޭ އިތުރު މައުލޫމާތު ކުންފުންޏަށް މެއިލް ކޮށްގެން ލިބޭނެ ކަމަށް ބުންޏެވެ.

ކަރަންޓުގެ މައްސަލަ ހައްލުކުރަން ގިނަ އަދަދެއްގެ ޖަނެރޭޓަރު ހޯދަން ފެނަކައިން އިއުލާނުކޮށްފައިވާއިރު މިފަހުން އައްޑޫން ކަރަންޓު ކެނޑޭ މައްސަލަ ވެސް ވަނީ ބޮޑުވެފަ އެވެ. 

އެގޮތުން މީގެ ދެމަހެއްހައި ދުވަސްކުރިން އައްޑޫ ސިޓީގައި ކަރަންޓު ދިނުމަށް ބޭނުންކުރާ ޖަނަރޭޓަރެއް ހަލާކުވެ ހިދުމަތް ދިނުމަށް ދަތިތަކެއް ކުރިމަތިވި އެވެ. އެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ފެނަކައިންދަނީ ކުރަމުންނެވެ. 


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު