
މި ކޯލްސެންޓަރަކީ 3 ބަހުރުވައިން މުހާތަބުކުރާ ދިވެހިރާއްޖޭގެ ފުރުތަމަ ކޯލްސެންޓަރެވެ.އައިޔޫއެމް އިން ތަޢާރަތްކުރި މި ކޯލްސެންޓަރުގައި ދިވެހި، އިނގެރޭސި އަދި އަރަބި ބަހުން ދަރިވަރުންނާއި ބެލެނިވެރިންގެ އިތުރުން މަޢުލުމާތު ހޯދުމަށް ގުޅުއްވާ އެހެނިހެން ފަރާތްތަކަށް މުޙާތަބުކުރައްވާނެ އެވެ.މި ކޯލްސެންޓަރަށް ގުޅުއްވުމަށް އައިޔޫއެމްގެ ހޮޓްލައިން ކަމުގައިވާ 1405 މެދުވެރިކޮށް ގުޅޭނެއެވެ.3 ބަހުރުވައިން މުޙާތަބުކުރާ ދިވެހިރާއްޖޭގެ ފުރުތަމަ ކޯލްސެންޓަރު އިފްތިތާޙްކުރުމުގެ ރަސްމިއްޔާތު އެ ޔުނިވާސިޓީން ބާއްވާފައިވާއިރު މި ރަސްމިއްޔާތު ޝަރަފުވެރިކޮއްދެއްވާފައިވަނީ މޯލްޑިވިސް އެއަރޕޯޓްސް ކޮންޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ މެނޭޖިންގ ޑިރެކްޓަރ، ޝަރީފް މުހައްމަދެވެ.ދިވެހިރާއްޖޭގެ ޔުނިވާސިޓީތަކަކީ ބޭރުގެ ދަރިވަރުން ތައުލީމް އުގެނުމަށް އަންނަ ތަންތަނަށް ހެނދުމަކީ މިސަރުކާރުގެ އަމާޒެކެވެ. އެ މަންޒިލަށް ވާސިލްވުމަށްޓަކައި ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީންވެސް އަންނަނީ ގިނަ މަސައްކަތްތަކެއްކުރަމުންނެވެ. މި ގޮތުން މި ތައާރަފް ކުރެވުނު ކޯލްސެންޓަރގެ ސަބަބުންވެސް އެކަންކަމަށް އިތުރު ބާރަކަށް ވާނެކަމާއިމެދު ޝައްކެއްނެތެވެ.