ޚަބަރު
ތ. ވޭމަންޑޫ ބިން ހިއްކުމުގެ މަސައްކަތް ފަށައިފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންނެވި ގޮތަށް ތ. ވޭމަންޑޫ ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް މިއަދު ފަށައިފި އެވެ. 

އެކަން ހާމަކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ވޭމަންޑޫ ބިން ހިއްކުމާއި ބަނދަރު ތަރައްގީ ކުރުމުގެ އެއްބަސްވުމުގެ އިތުރުން ވޭމަންޑޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަޝްރޫއުގެ އެއްބަސްވުންތަކުގައި ސޮއިކުރެއްވީ މިދިޔަ ސެޕްޓެމްބަރު މަހުގެ 24 ވަނަ ދުވަހެވެ.

ވޭމަންޑޫ ރައްޔިތުންގެ ދިރިއުޅުން ރަނގަޅުކޮށް، ރަށުގެ ތަރައްގީއަށް ސަރުކާރުން އަޅާ މުހިންމު ފިޔަވަޅެއްގެ ގޮތުން، އެ ރަށުގެ ބަނދަރު ތަރައްގީކުރުމާއި ބިން ހިއްކުމުގެ ދެ މަޝްރޫއު ހަވާލުކޮށްފައި ވަނީ އެމްޓީސީސީއާ އާއެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު