
މީޑީއާތަކަށް ފުލުހުން މިރޭ ފޮނުވި މެސެޖެއްގައި ބުނީ މިމަހުގެ 12 ވަނަ ދުވަހު ތ.ވޭމަންޑުގައި މީހަކު ހުއްޓުވާފައި ވަނީ ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދަކަށް ސައިކަލުގައި ވަނުމަށްފަހު ނުކުމެގެން ދަނިކޮށް ކަމަށެވެ. އެ މީހާ ހުއްޓުވައި ބެލިބެލުމުން އޭނާ އަތުގައި ސައިކަލު ދުއްވުމުގެ ލައިސެންސް ނެތްކަން އެނގުނު ކަމަށް ފުލުހުން ބުންޏެވެ.ލައިސެންސް ނެތި ސައިކަލު ދުއްވުމުގެ ކުށުގައި ސައިކަލު ދުއްވި މީހާ ޖޫރިމަނާކުރުމަށްފަހު ސައިކަލު ޓޯކުރީ 15 ދުވަހުގެ މުއްދަތަކަށް ކަމަށް ފުލުހުންގެ މެސެޖުގައި ބުނެފައިވެ އެވެ.އެހެންނަމަވެސް މިމައްސަލައިގައި ފުލުހުންގެ ފަރާތުން އަމަލުކޮށްފައިވާ ގޮތާއި މެދު އާއިލާގެ ކަންބޮޑުވުން ހުރުމާއެކު އެކަން އިތުރަށް ބަލަމުންދާނެކަމަށާއި، ރަނގަޅުކުރަންޖެހޭ ކަންކަން ރަނގަޅުކުރާނެކަމުގެ ޔަގީންކަން ފުލުހުން ވަނީ ދީފަ އެވެ.