ޚަބަރު
ބަލި މީހުންގެ ނަމުގައި ހިންގާ ސްކޭމްތައް އިތުރުވާތީ ސަމާލުވާން އެދެފި
ބަލިމީހުންގެ ނަމުގައި މެޑިކަލް ސްކޭމުތައް ހިންގުން އިތުރުވެފައިވާތީ، އެކަމަށް ސަމާލުވުމަށް ފުލުހުންގެ އެންޓި-ސްކޭމް ސެންޓަރުން މިއަދު އިލްތިމާސްކޮށްފި އެވެ.

އެ ސެންޓަރުން ބުނީ މި ފަހަކަށް އައިސް ފޭސްބުކްގައި، ބަލި މީހުންގެ ފޮޓޯ ބޭނުންކޮށްގެން މެޑިކަލް އެހީއަށް އެދި ކުރާ ޕޯސްޓުތައް ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ. އެކަމަކު އޭގެ ތެރޭގައި ހިމެނޭ ގިނަ ޕޯސްޓުތަކަކީ މަކަރާއި ހީލަތުން ފައިސާ ހޯދުމަށް ހިންގާ ސްކޭމް ކަމަށް ފުލުހުން ބުންޏެވެ. 

އެންޓި ސްކޭމް ސެންޓަރުން ބުނީ އެކި ވެބްސައިޓުތަކުން ބަލި މީހުންގެ ފޮޓޯ ނަގައިގެން ބޭނުންކޮށް މީހުންގެ އިހުސާސްތަކާ ކުޅެން މަސައްކަތްކުރާ ކަމަށެވެ. ކުޑަކުދިންގެ އިތުރުން ބޮޑެތި ބަލިތަކުގެ ވާހަކަ ދައްކައިގެން މީހުންގެ ހަމްދަރުދީ ހޯދުމަށް، މަކަރުން ފައިސާ ހޯދާ މީހުން މަސައްކަތްކުރާ ކަމަށް ފުލުހުން ބުންޏެވެ. 

ސްކޭމަރުންގެ ކިބައިން ރައްކާތެރިވުމަށް އިލްތިމާސްކޮށް އެކަން ކުރާނެ ގޮތް ވެސް އެންޓި-ސްކޭމް ސެންޓަރުން ވަނީ ކިޔައިދީފަ އެވެ.

އެގޮތުން ފައިސާ ފޮނުވުމުގެ ކުރިން، ޕޯސްޓުގައި އޮންނަ ނަންބަރަށް ގުޅައިގެން ވާހަކަ ދެއްކުމަކީ މުހިއްމު ކަމެކެވެ.

ޕޯސްޓުގައިވާ ފޮޓޯއަކީ ސައްހަ ފޮޓޯއެއްތޯ ޔަގީންކުރުމަށާއި ސައްހަކަން ކަށަވަރުނުވާ ޕޯސްޓުތައް ޝެއާ ނުކުރުމަށް ވަނީ އެދިފައެވެ.

މީގެކުރިން ވެސް ބަލި މީހުންނަށް އެހީވުމުގެ ނަމުގައި ސްކޭމްތައް އިތުރުވާތީ ސަމާލުވާން ފުލުހުން އިލްތިމާސްކުރިއެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު