ހޫނުކަން އިހުސާސް ކުރެވޭ ވަރު ރެކޯޑް އަދަދަކަށް މައްޗަށް
އިބްރާހިމް އިމާދު
10 މާޗް 2026 - 14:33
0 comments
ހޫނުގަދަ ދުވަހެއްގައި މީހަކު މާލޭގެ މަގަކުން ކުޑައެއް ނަގައިގެން މަގު ހުރަސްކުރަނީ - ފޮޓޯ: މިހާރު
މި ދުވަސްވަރު އިހުސާސް ކުރެވޭ ހޫނުމިން މައްޗަށް ދާން ފަށާފައިވާ ކަމަށާއި ހޫނުމިން އެންމެ މަތިވާނީ މެންދުރު 2:00ގައި ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން މިއަދު ބުނެފި އެވެ.
މި ދުވަސްވަރު ވިލާ މަދުވެފައި، ވައި މަޑުވެ، ވައިގެ ތެތްކަމުގެ ނިސްބަތް މަތިކަމަށާއި ދުވާލުގެ ހުނުމިން މަތިވެގެންދާ ވަރާއި ރޭގަނޑުގެ ފިނިކަން ދަށްވެގެންދާ މިންވަރުގެ ފަރަގު ވެސް ކުޑަކަމަށް މެޓުން ބުންޏެވެ.މިއާ އެކު، ކުރިއަށް އޮތް އޭޕްރީލް މަހު، އާންމު ގޮތެއްގައި ހުންނަ ވަރަށް ވުރެ ފިނިހޫނުމިން މަތިވުމުގެ ފުރުސަތު އެބައޮތް ކަމަށް ލަފާކުރެވޭ ކަމަށް މޫސުމާ ބެހޭ އިދާރާ އިން ބުންޏެވެ.މިއަދުގެ ހޫނުމިނަށް ބަލާއިރު، އިހުސާސްކުރެވޭ ހޫނުމިން އެންމެ މަތީގައި ހުރީ، މާލެ ސަރަހައްދުގައެވެ. މި ސަރަހައްދުން ހުޅުލެއަށް އިހުސާސްކުރެވޭ ހޫނުމިން ހުރީ 36 ޑިގްރީ ސެލްސިއަސްއިން މަތީގައި ކަމަށް މެޓުން، 11:00ގައި އާންމުކުރި ރެކޯޑުތަކުން އެނގެއެވެ.އުތުރުން ހަނިމާދޫގައި ހޫނުމިން ހުރީ، 34.9 ޑިގްރީ ސެލްސިއަސްގައި ކަމަށްވާއިރު، ކައްދޫގައި އެ އަދަދު ހުރީ 34.2 ޑިގްރީ ސެލްސިއަސްގައެވެ. އަދި، މިއަދު ލ. ގަމަށް އިހުސާސް ކުރެވޭ ހޫނުމިން ހުރީ 34.5 ޑިގްރީ ސެލްސިއަސްގައެވެ.މި ހިނގާ މާޗު މަހު ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ވާރޭ ވެހޭ މިންވަރު މަދުވާނެ ކަމަށް މެޓުން މީގެ ކުރިން ވަނީ ލަފާކޮށްފަ އެވެ.
ކިޔުންތެރިންގެ ޝުއޫރު