ދުނިޔެ
ބްރެޒިލްގެ ރިޔާސީ އިންތިހާބު ލޫލާ ކާމިޔާބުކުރައްވައިފި
ފްލާވިއޯ ބޮލްސޮނާރޯއާ ވާދަކުރައްވާ ބްރެޒިލްގެ ރައީސްކަމަށް އަނެއްކާ ވެސް ލޫލާ ޑަސިލްވާ އިންތިހާބުކޮށްފި އެވެ.

ބްރެޒިލްގެ އިލެކްޓޯރަލް ކޯޓުން ހާމަކޮށްފައިވާ ގޮތުގައި، ރޭގެ ނިޔަލަށް ވޯޓުގެ %73 ގުނާ ނިމުނުއިރު، އުމުރުން 80 އަހަރުގެ ލޫލާ ވަނީ ވޯޓުގެ %51 ހޯއްދަވާފަ އެވެ. އޭނާއާ ވާދަވެރި ބޮލްސޮނާރޯއަށް ލިބިވަޑައިގަތީ %49 އެވެ. ޕޯލިން އެޖެންސީ 'ޑޭޓާފޯލާ' އިން ވެސް ވަނީ ލޫލާ އިންތިހާބު ކާމިޔާބުކުރެއްވިކަން އިއުލާންކޮށްފަ އެވެ.

މިއީ ލޫލާގެ ސިޔާސީ ހަޔާތުގައި ހޯއްދެވި ބޮޑު ކާމިޔާބީ އެކެވެ. މި މަހުގެ 4 ވަނަ ދުވަހު ބޭއްވި ފުރަތަމަ ބުރުގައި، ކުރީގެ ރައީސް ޖައިރް ބޮލްސޮނާރޯގެ ދޮށީ ދަރިފުޅު ފްލާވިއޯ ބޮލްސޮނާރޯގެ ފަހަތުން ލޫލާއަށް ދެވަނަ ލިބިވަޑައިގަތް ނަމަވެސް، ފަހު ވަގުތު އޭނާ ވަނީ ކުރި ހޯއްދަވާފަ އެވެ.

ބްރެޒިލްގެ ރައީސް ކަމަށް ލޫލާ އެންމެ ފުރަތަމަ އިންތިހާބުވެވަޑައިގަތީ 2002 ގަ އެވެ. އަދި 2006 ގައި ކުރިމަތިލައްވައި ދެވަނަ ދައުރެއް ވެސް ހޯއްދެވި އެވެ. އޭގެ ފަހުން ލެޓިން އެމެރިކާގެ އެންމެ މަޝްހޫރު އެއް ގައުމު ކަމަށްވާ ބްރެޒިލްގެ ވެރިކަމަށް ލޫލާ އަލުން އިންތިހާބުވީ 2023 ގަ އެވެ. އެއީ ބޮލްސޮނާރޯއާ ވާދަކުރައްވަ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު