ކުޅިވަރު
މޮރޮކޯ އާއި ބްރެޒިލްގެ ކުރިމަތިލުމަށް ހަަމަހަމަ ނިމުމެއް
ވޯލްޑް ކަޕްގެ ގުރޫޕް ސީ ގައި، މޮރޮކޯއިން ވަރުގަދަ ބްރެޒިލް މޮޅުވިޔަ ނުދީ ހިފަހައްޓައިފި އެވެ. މެޗުގައި މޮރޮކޯއިން ލީޑް ނަގާފައިވަނިކޮށް، ބްރެޒިލުން 1-1 އެއްަވަރު ކުރީ ވެސް ފުރަތަމަ ހާފުގަ އެވެ. 

ނިއު ޔޯކްގެ ނިއު ޖާޒީ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފު މޮރޮކޯއިން ޑޮމިނޭޓްކުރިއިރު، މެޗުގެ 21 ވަނަ މިނެޓުގައި ބްރަހީމް ޑިއާޒް ދިން މޮޅު ޕާހަކުން އިސްމާއިލް ސައިބާރީ ވަނީ ބްރެޒިލްގެ ޑިފެންޑަރުން ކައިރިން ނައްޓާލުމަށްފަހު ގޯލެއް ޖަހައި މޮރޮކޯއަށް ކުރިހޯދައިދީފަ އެވެ.

ނަމަވެސް ބްރެޒިލްއިން ވަނީ ހިތްވަރާއެކު ކުޅެ މެޗުގެ 32 ވަނަ މިނެޓުގައި ނަތީޖާ ހަމަހަމަކޮށްފަ އެވެ. ބްރެޒިލްގެ ގައުމީ ޓީމަށް ކުޅެދިން 50 ވަނަ މެޗުގައި، ބްރޫނޯ ގިމަރޭސް ދިން ރީތި ބޯޅައަކުން މި ލަނޑު ޖަހައިދިނީ ތަރި ވިނީޝިއަސް ޖޫނިއާ އެވެ.

މެޗުގެ ދެ ވަނަ ހާފުގައި މޮރޮކޯ އާއި ބްރެޒިލުން ކުރިއަށް ޖެހިގެން ލަނޑެއް ޖެހޭތޯ ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް ކާމިޔާބުވާގޮތެއްނުވި އެވެ. ބްރެޒިލްގެ ކީޕަރު އެލިސަން ބެކާ އާއި މޮރޮކޯގެ ގޯލު ބެލެހެއްޓި ޔާސީން ބޯނޯ ވަނީ މުހިންމު ވަގުތުތަކުގައި ޑިފެންސް ބެލެހެއްޓުމުގައި ވެސް ރަނގަޅު ހިތްވަރެއް ދައްކައިފަ އެވެ. 

މިމެޗު އެއްވަރު ވުމުން މިދެޓީމަށް އެއް ޕޮއިންޓް ލިބިފައިވާއިރު މިގްރޫޕްގައި މޮރޮކޯ ކުޅޭ ދެވަނަ މެޗުގައި ނިކުންނާނީ ސްކޮޓްލަންޑް އާއި ދެކޮޅަށެވެ. އަދި ބްރެޒިލް ބައްދަލުކުރާނީ ހައިޓީ އާއެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު