ވިޔަފާރި
ބޭރު ފައިސާ މާރުކުރަން ޖެހޭ ފަަރާތްތަކަށް ހަނދާންކޮށްދީފި
ބޭރު ފައިސާއާ ބެހޭ ގާނޫނާ އެއްގޮތަށް ބޭރު ފައިސާއިން އާމްދަނީ ލިބޭ ފަރާތްތަކުން މާރުކުރުމުގެ އިލްތިޒާމު އަދާކުރަމުން ގެންދިއުމަށް އެމްއެމްއޭ އިން ހަނދާންކޮށްދީފި އެވެ.

އެމްއެމްއޭ އިން ނެރުނު ބަޔާނެއްގައި ބުނީ ކޮންމެ މީލާދީ މަހެއްގައި ވެސް ބޭރު ފައިސާއިން ލިބޭ އާމްދަނީ އެ މަހާ ޖެހިގެން އަންނަ މަހުގެ 28ގެ ކުރިން މާރުކުރަން ޖެހޭ ކަމަށެވެ. އަދި އެ ގާނޫނާ އެއްގޮތަށް ހުރިހާ ފަރާތްތަކުން ވެސް އަމަލުކުރަން ހަނދާންކޮށްދޭ ކަމަށާއި ސުންގަޑި ހަމަވާއިރު ވެސް ގާނޫނާ އެއްގޮތަށް މާރުކުރުމުގެ އިލްތިޒާމް ފުރިހަމަ ނުކުރާ ފަރާތެއް ވާނަމަ އެ ފަރާތްތަކުގެ ނަން ކަނޑައެޅިފައިވާ އުސޫލާއެއްގޮތަށް ހާމަކުރާނެ ކަމަށެވެ

ބޭރު ފައިސާއާބެހޭ ގާނޫނަށް މި ފަހުން ވަނީ އިސްލާހުތަކެއް ގެނެސްފަ އެވެ. އެ ގޮތުން، މިމަހުގެ އެއްވަނަ ދުވަހު ގެޒެޓްކޮށްފައިވާ ބޭރު ފައިސާއާބެހޭ ގާނޫނަށް 1 ވަނަ އިސްލާހު ގެނައުމުގެ ގާނޫނުގައި ބޭރު ފައިސާ މާރުކުރުމާއި، މާރުކުރާ ސުންގަޑިތަކާއި ކެޓަގަރީ ސީގެ ޝަރުތުތަކަށް ވެސް ބަދަލު އައިސްފައިވެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު