
އާރްބީއައި އިން އިންތިޒާމުކޮށްގެން މަރުކަޒީ ބޭންކުތަކަށް އަމާޒުކޮށްގެން ބޭއްވި ބައިނަލްއަޤުވާމީ ސެމިނާ "ސަމްވާދު 2026" ގެ ހަވާސާގައި ބޭއްވި މި ބައްދަލުވުމުގައި އިންޑިއާގެ ވެރިރަށް ނިއުދިއްލީގަ އެވެ.މި ސެމިނާގެ ހަވާސާގައި ބޭއްވި ބައްދަލުވުމުގައި 30 ބިލިއަން އިންޑިއަން ރުޕީސްގެ ކަރަންސީ ސްވަޕް ފެސިލިޓީގެ ފުރަތަމަ ރޯލްއޯވަ ހަމަޖައްސައި ދިން ކަމަށްޓަކައި ގަވަރުނަރު ވަނީ އާރްބީއައި އަށް ޝުކުރު އަދާކުރައްވައިފައެވެ. މީގެ އިތުރުން، އިންޑިއާގެ ޔޫޕީއައި އަދި ރާއްޖޭގެ ފަވަރާ ގުޅުވާލުމުގެ މަސައްކަތް ގޮސްފައިވާ ހިސާބު މުނައްވަރު ހިއްސާކުރެއްވިއެވެ.އަދި 2027 ވަނަ އަހަރުގެ ފުރަތަމަ 6 މަސް ދުވަހުގެ ތެރޭގައި ތައާރަފުކުރުމަށް ހަމަޖެހިފައިވާ ޕާސަން-ޓު-މާޗަންޓް (ޕީ2އެމް) ކަނެކްޝަނާ ގުޅޭގޮތުން ދެ ބޭންކުގެ މެދުގައި އިތުރަށް އެއްބާރުލުން ދިނުމާ ބެހޭގޮތުން ވެސް ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ. މި ހިދުމަތުގެ ސަބަބުން ފަތުރުވެރިންނަށް ފަސޭހަކަމާއެކު ފައިސާ ދެއްކުމުގެ އިންތިޒާމު ހަމަޖެހި، ދެ ގައުމުގެ ދެމެދުގައި އޮތް ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އެމްއެމްއޭ އިން ވިދާޅުވިއެވެ.މި ބައްދަލުވުމުގައި ދެ ގައުމުގެ މަރުކަޒީ ބޭންކުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާކުރުމުގެ ފުރުސަތުތަކާ ގުޅޭގޮތުންވެސް ދެ ގަވަރުނަރުން ވަނީ މަޝްވަރާ ކުރައްވައިފަ އެވެ.މި ބައްދަލުވުމުގައި ގަވަރުނަރު މުނައްވަރުގެ އަރިހުގައި އެމްއެމްއޭގެ މަނިޓަރީ ޕޮލިސީ އިކޮނޮމިކްސް އެންޑް ސްޓެޓިސްޓިކްސްގެ މެނޭޖިންގ ޑިރެކްޓަރު މަރްޔަމް ރަޝްފާ އާއި ލައިސަންސިން ސެކްޝަންގެ ޑެޕިއުޓީ މެނޭޖަރ ޢަބްދުالله ނާސިފް ބައިވެރިވެވަޑައިގެންނެވި އެވެ.