ޔޫނުސް އިބްރާހިމް
26 އޮކްޓޫބަރ 2026 - 11:30
0 comments
ރާއްޖެ އެތެރެކުރަން އުޅުނު ހަ ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން އަތުލައިގަނެފި އެވެ.
ކަސްޓަމްސްއިން އިއްޔެ ބުނި ގޮތުގައި ވައިގެމަގުން އެއާފްރައިޓް ޝިޕްމެންޓެއްގެ ތެރޭގައި ފޮރުވައިގެން 6.75 ކިލޯގެ މަސްތުވާތަކެތި އެތެރެކުރަން އުޅެނިކޮށް ވަނީ އަތުލައިގެންފަ އެވެ.
އެ މައްސަލައާ ގުޅުންހުރި ބަންގްލާދޭޝްގެ ހަތަރު މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ. އެއީ މިރްޒާ އަލް އަމީން އާއި އެމްޑީ މިޒަންނޫރު ރަހްމާނާއި އެމްޑީ ޖިހާދު ބިން އަރީފް އަދި އެމްޑީ އަރްމާން އަލީ އެވެ.
އެ ހަތަރު މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެމްޑީ މިޒަންނޫރު ރަހްމާން ޝަރީއަތް ނިމެންދެން ބަންދުކޮށް، އަނެއް ތިން މީހުން 15 ދުވަހަށް ބަންދުކުރަން ވަނީ އަމުރުކޮށްފަ އެވެ.ކަސްޓަމްސުން ހޮނިހިރު ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ވީއައިއޭ އިން އަތުލައިގަތީ މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ ސިންތެޓިކް ކެތިނޯން އެވެ.