ޚަބަރު
މާލޭގެ ގެއެއް ބަލައިފާސްކޮށް ގިނަ އަދަދެއްގެ ބަނގުރާ އަތުލައިގަނެފި
މާދޫ ގެއިން އަތުލައިގަތް ބަނގުރާ. - ފޮޓޯ: މިހާރު
މާލެ ތެރެއަށް ބަނގުރާ ފޯރުކޮށްދޭ ކަމުގެ ތުހުމަތަށް ހ. މާދޫގެ ބަލައިފާސްކޮށް، ގިނަ އަދަދެއްގެ ބަނގުރާ ކޭސްތަކެއް މިއަދު އަތުލައިގެންފި އެވެ. 

ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި ގިނަ އަދަދެއްގެ ބަނގުރާ ފެނިފައިވަނީ ހ. މާދޫގެ ފުރަތަމަ ފަންގިފިލާ އާއި ފަސްވަނަ ފަންގިފިލާ އިންނެވެ.

ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގެ ހެޑް، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު މުސްލިމް ވިދާޅުވި ގޮތުގައި މި އޮޕަރޭޝަން ކުރިއަށް ގެންދިޔައީ ކައުންޓާ ނާކޮޓިކްސް އިންޓަލިޖެންސާއި ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި ގުޅިގެންނެވެ.

މި އޮޕަރޭޝަނަކީ މާލެތެރެއަށް ފުޅާ ދާއިރާއަކަށް ބަނގުރާ ފޯރުކޮށްދެމުން އަންނަ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު