ޚަބަރު
އެތެރެކުރި 8.5 މިލިއަން ސިނގިރޭޓް އަތުލައިގެންފި
ކަނޑުމަގުން ރާއްޖެއަށް ސިއްރުން އެތެރެކުރަން އުޅުނު 8.5 މިލިއަނަށްވުރެ ގިނަ ސިނގިރޭޓް މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން އަތުލައިގަނެފި އެވެ.

މި ގިނަ އަދަދެއްގެ ތަކެތި ނައްތާލުމުގެ މަސައްކަތް ފުލުހުން ކުރިއަށް އިއްޔެ އެވެ. މިއީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ މަނާ ތަކެތި ނައްތާލުމަށް ކުރިއަށްގެންދާ ސިލްސިލާ މަސައްކަތްތަކުގެ ތެރެއިން ކުރިއަށްގެންދިޔަ ހަރަކާތެކެވެ.

އެ އޮޕަރޭޝަންގައި، "ޖެނެރަލް ކާގޯ" ގެ ގޮތުގައި ޑިކްލެއަކޮށްފައިވާ ޝިޕްމަންޓެއް ބަލައިފާސްކުރިއިރު، އޭގެ ތެރޭގައި ގިނަ އަދަދެއްގެ ސިނގިރޭޓް ފޮރުވާފައި ހުއްޓާ ފެނިފައިވެ އެވެ. އެގޮތުން ޖުމްލަ 8,527,480 (ސިނގިރޭޓް ސްޓިކްސް ފެނިފައިވާ ކަމަށާއި، އެ ތަކެތި މިހާރު ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް އެ އިދާރާއިން ބުންޏެވެ.

އެތަނުން ނިމީ ޤަވާޢިދާ ޚިލާފަށް އެތެރެކުރި ސިނގިރޭޓްތަކުގެ މައްސަލަ އެ އިދާރާއިން މިހާރު އިތުރަށް ތަޙުޤީޤު ކުރަމުން އަންނަ ކަމަށެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު