ޚަބަރު
ކަސްޓަމްސް އަށް 26 މުވައްޒަފުން ހޯދަނީ
މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ގާއިމްކޮށްފައިވާ އެކި އޮފީސްތަކަށް 26 އެސިސްޓެންޓް އޮފިސާ ޓްރެއިނީން ހޯދުމަށް އިއުލާންކޮށްފި އެވެ.

ޒުވާނުންނަށް އިސްކަންދޭ ގޮތަށް ވަޒީފާ އަށް މީހުން ނަގަން ކަސްޓަމުން ކުރި އިއުލާނެއްގައި ބުނީ އެ އިދާރާއިން ގާއިމްކޮށްފައިވާ އެކި އޮފީސްތަކަށް 26 އެސިސްޓެންޓް އޮފިސާ ޓްރެއިނީ ބޭނުންވާ ކަމަށެވެ.

އެ ވަޒީފާގެ ފުރުސަތު ދީފައި ވަނީ އުމުރުން 18-30 އަހަރާ ދެމެދުގެ ޒުވާނުންނަށެވެ. އެ އުމުރު ބަލަނީ މި މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށެވެ.

އެ މަގާމުގެ މުސާރައަކީ 5،000ރ. އެވެ. އޭގެ އިތުރުން އެލަވަންސްގެ ގޮތުގައި 4،660ރ. އާއި އޮފީހަށް ހާޒިރުވާ ކޮންމެ ދުވަހަކަށް 75ރ. ގެ އިތުރުން ކޮއްތު ފައިސާ އާއި އިތުރު ގަޑީގެ ފައިސާ އާއި ބަންދު ގަޑީގެ ފައިސާގެ އިތުރުން އެހެނިހެން އިނާޔަތްތަކާއެކު މަހަކު ޖުމްލަ 11،000ރ. އަށް ވުރެ ބޮޑު އަދަދެއް ލިބޭނެ އެވެ.

މި ވަޒީފާގެ ފުރުސަތު ހުޅުވާލާފައިވަނީ ސަރުކާރުން ކުރިއަށް ގެންދާ ނޭޝަނަލް ސާވިސް ޕްރޮގްރާމް ނުވަތަ ދިވެހި ވަތަނީ ހިދުމަތް ފުރިހަމަކޮށްފައިވާ ކުދިންނަށްވެސް ކުރިމަތިލެވޭ ގޮތަށެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު