ޚަބަރު
ދިވެހި ދައުލަތަށް ހިޔާނަތްތެރިވުމަކީ ޖިނާއީ ކުށަކަށް ހަދަން އިސްލާހެއް ހުށަހަޅައިފި
ދިވެހި ދައުލަތަށް ހިޔާނާތްތެރިވުމަކީ ޖިނާއީ ކުށެއްކަމަށް ކަނޑައެޅުމަށް ގާނޫނުލްއުގޫބާތަށް އިސްލާހު ހުށަހަޅައިފަ އެވެ.

މި ބިލު ހުށަހެޅުއްވީ ވެރިކަންކުރާ ޕީއެންސީގެ މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ރިފާއު އެވެ. ދައުލަތުގެ އިގްތިސާދީ ރައްކާތެރިކަމަށް ގެއްލުންހުރި އަމަލުކުރުމަކީ އަދި ދައުލަތަށް ހިޔާނާތްތެރިވުމަކީ ކުށެއް ކަމަށް ކަނޑައަޅަން ވަކި ބާބެއް މި ބިލުގައި ހިމަނާފައިވެ އެވެ.

އަދި އިސްލާމުދީނާ ދެކޮޅު އަމަލުތަކުގެ އަދަބު ބޮޑުކުރުމަށް ގަތުލުއާންމުގެ ނަމުގައި ވެސް ގާނޫނުލްއުގޫބާތަށް ބާބެއް އިތުރުކުރަން ހިމަނާފައިވެ އެވެ.

މި ބިލުގައިވާ އިގްތިސާދީ ރައްކާތެރިކަމަށް ގެއްލުން ހުރި އަމަލުކުރުމުގެ ބާބުގައިވާ ގޮތުން، އިގްތިސާދަށް ބޮޑު ގެއްލުމެއް ލިބިދާނެކަން އެނގިހުރެ ނުވަތަ އެފަދަ ގެއްލުމެއް ލިބިދާނެކަމުގެ ފަރުވާލެއްނެތި އެއްވެސް ކަމެއް ގަސްތުގައި ކުރުމަކީ ކުށެކެވެ. އެފަދަ އަމަލުތަކުގެ ތެރޭގައި:

  • މުހިންމު އުމްރާނީ ވަސީލަތަކަށް ނުވަތަ ވަސީލަތަކާ ގުޅިފައިވާ ކޮމްޕިއުޓާ ސިސްޓަމަަކަށް ގެއްލުންދިނުން

  • އަސާސީ ހިދުމަތެއް މެދުކަނޑުވާލުން ނުވަތަ އެފަދަ ހިދުމަތެއް ފޯރުކޮށްދޭ ސިސްޓަމަކަށް ހުރަސްއެޅުން

  • އެ ދާއިރާއަކުން ދައުލަތަށް އާމްދަނީ ލިބޭ މައިގަނޑު ދާއިރާއެއްގެ ހިންގުން ހުއްޓުވާލުމުގެ ގޮތުން އެއްވެސް އަމަލެެއް ކުރުން

  • އެ އަމަލެއްގެ ސަަބަބުން ބޮޑު ގެއްލުމެއް ދައުލަތުގެ އިގްތިސާދަށް ލިބުން

އިސްލާހުގައިވާ ގޮތުން ރާއްޖޭގެ ދުޝްމަނުންނަކީ، ރާއްޖޭގެ މިނިވަންކަމާ ސިޔާދަތަށް ގެއްލުންވާފަދަ އަމަލެއްކުރާ ބިދޭސީންނާއި، އެފަދަ އަމަލެއްގައި އެ މީހުންނާ ބައިވެރިވާ ދިވެހިންނެވެ.

ދުޝްމަނަކަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ، ރާއްޖޭގެ މިނިވަންކަމާ ސިޔާދަތަށް ގެއްލުންވާފަދަ އަމަލެއް ކުރުމުގައި، އެއްވެސް ސިފައެއްގައި ދުޝްމަނަކަށް އެހީތެރިވުމުގެ އަމަލެއް ހިންގުންކަމަށް އިސްލާހުގައި ބަޔާންކޮށްފައިވެ އެވެ.

މި ބިލު ރައްޔިތުންގެ މަޖިލީުހުގެ މާދަމާގެ ޖަލްސާއަށްް ވަނީ އެެޖެންޑާ ކޮށްފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު