ކުޅިވަރު
މެސީގެ މޮޅު ކުޅުމާ އެކު އާޖެންޓީނާ ފައިނަލަށް
މެސީ އާޖެންޓީނާގެ ކުޅުންތެރިންނާ އެކު އުފާފާލުކުރަނީ. - ފޮޓޯ: އޭއެފްޕީ
ފީފާ ވޯލްޑް ކަޕު 2026 ގެ ސެމީ ފައިނަލުގައި އިންގްލެންޑުން ލަނޑެއް ޖަހާފައިވަނިކޮށް ފަހަތުންއަރާ ކާމިޔާބުކުރި ދެ ލަނޑާއެކު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް، އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާއިން މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފި އެވެ.

އާޖެންޓީނާ މޮޅުވީ މެޗުގެ ފުރިހަމަ ވަގުތު ނިމެން ފަސް މިނިޓަށް ވެފައި ވަނިކޮށް ޖެހި ލަނޑުތަކުންނެވެ. ދެ ގޯލު ވެސް ޖަހަން އެހީވީ މެސީ އެވެ.

މެޗުގައި އިންގްލެންޑުން ލީޑް ނެގީ ދެވަނަ ހާފް ފަށައިގެން 10 ވަނަ މިނިޓްގައި، އެންތަނީ ގޯޑަންގެ ލަނޑުންނެވެ. މޯގަން ރޮޖާސް ނަގައިދިން ހުރަސް ގޯޑަން ގޯލަށް ފޮނުވާލީ އެއްފަހަރުން ޖަހައެވެ. އެލީޑްގައި މެޗުގެ 85 ވަނަ މިނިޓާ ހަމައަށް އިންގްލެންޑް ދެމިއޮތެވެ. އާޖެންޓީނާއިން ނަތީޖާ ހަމަހަމަ ކުރީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ފަސް މިނިޓަށް ވެފައިވަނިކޮށް، އެންޒޯ ފެނާންޑޭޒްގެ ލަނޑުންނެވެ.
  
މެޗުގެ އިތުރު ވަގުތުގައި މެކް އަލިސްޓާގެ އިތުރު ހަމަލާއެއް ގޯލުގެ އަރިމަތީ ދަނޑިއަށް އަމާޒު ވި އިރު، ހަމަ އެ ބޯޅައިގައި މެސީ ނަގައިދިން ހުރަސް ބޮލުން ގޯލަށް ފޮނުވާލައިގެން، އިތުރު ވަގުތުގެ ދެވަނަ މިނިޓުގައި އާޖެންޓީނާ އަށް ލީޑު ހޯދައިދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ލަޓައުރޯ މާޓިނޭޒް އެވެ.

ވޯލްޑް ކަޕްގެ ފައިނަލްގައި އަންނަ އާދިއްތަ ދުވަހުގެ ރޭ އާޖެންޓީނާ ނުކުންނާނީ ޔޫރަޕްގެ ޗެމްޕިއަން ސްޕެއިނާ ދެކޮޅަށެވެ.



ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު