ޚަބަރު
އިނގިރޭސިވިލާތުގެ ސަފީރަކަށް ޖަމީލާ އައްޔަންކުރަން މަޖިލީހަށް ފޮނުވައިފި
ރާއްޖޭން އިނގިރޭސިވިލާތުގައި ހުންނަވާ ސަފީރުކަމަށް ޖަމީލާ އަލީ ހާލިދު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހަށް މިއަދު ނަން ހުށަހަޅައިފި އެވެ.   

މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވުމުން، އެ މައްސަލަ ދިރާސާކޮށް ގޮތެއް ނިންމުމަށްޓަކައި ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ވަނީ ފޮނުއްވާފަ އެވެ. ދިވެހިރާއްޖޭގެ ފޮރިން ސާވިސްގެ ގާނޫނުގެ ދަށުން، ރާއްޖޭން ބޭރު ގައުމުތަކަށް ކަނޑައަޅާ ސަފީރުންނާއި ނޮން-ރެޒިޑެންޓް ސަފީރުން އައްޔަން ކުރެއްވުމުގެ ކުރިން މަޖިލީހުގެ ރުހުން ހޯދަންޖެހެ އެވެ.

އިނގިރޭސިވިލާތަށް ރާއްޖޭން ކަނޑައަޅާފައި ހުންނެވި ސަފީރުގެ މަގާމު ހުސްވީ، ކުރިން އެ މަގާމުގައި ހުންނެވި އިރުތިޝާމް އާދަމް ފޮރިން މިނިސްޓަރު ކަމަށް ރައީސް އައްޔަންކުރެއްވުމާ ގުޅިގެންނެވެ.

ދައުލަތުގެ އެކި މަގާމުތައް ފުރުއްވާފައިވާ ޖަމީލާ މި ވަގުތު ހުންނެވީ ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް-ލާޖުގެ މަގާމުގަ އެވެ. 

އޭނާ ވަނީ ޖަރުމަނުގައި ހުންނަވާ ފުރަތަމަ ދިވެހި ސަފީރުކަން 2017 އިން 2019 އަށް ފުރުއްވައިފަ އެވެ. އޭގެ އިތުރުން ސިވިލް ސާވިސް ކޮމިޝަންގެ ނައިބު ރައީސްކަން ވެސް އަދާކުރެއްވި އެވެ.

އިނގިރޭސިވިލާތުގައި ހުންނަވާ ދިވެހި ސަފީރުގެ މަގާމު ހުސްވީ، ކުރިން އެ ޒިންމާތައް ފުރުއްވަމުން ގެންދެވި އިރުތިޝާމް އާދަމް، މިދިޔަ އޭޕްރީލް މަހު ފޮރިން މިނިސްޓަރަކަށް އައްޔަންކުރެއްވުމުންނެވެ.



ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު