
އެމެރިކާގެ ނިއުޖާޒީ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ގޯލެއް ފެނިގެން ގޮސްފައި ނުވާއިރު، މި ހާފުގައި ގޯލެއް ކާމިޔާބުކުރަން މާ ރަނގަޅު ފުރުސަތުތަކެއް ދެ ޓީމުން ކުރެ ޓީމަކަށް ތަނަވަސްކުރެވިފައެއް ނުވެ އެވެ.ދެވަނަ ހާފުގައި އިންގްލެންޑުން ވަރަށް ބޮޑަށް ކުރިއަށް ޖެހިލައިގެން ދިޔައީ ޕެނަމާގެ ފަހަތަށް ބާރުބޮޑުކުރަމުންނެވެ. އެގޮތުން މެޗުގެ 62 ވަނަ މިނެޓްގައި ޖޫޑް ބެލިންހަމް ވަނީ އިންގްލެންޑަށް ލީޑު ނަގައިދީފަ އެވެ. މިއީ ޕެނަމާގެ އޭރިއާ ތެރެެއަށް ހުރަސްކޮށްލި ބޯޅައަކުން ބެލިންހަމް ކާމިޔާބުކުރި ގޯލެކެވެ. އަދި އޭގެ ފަސް މިނެޓް ފަހުން ބެލިންގަމް ނަގައިދިން ހުރަހެއް ބޮލުން ގޯލަށް ވައްދާލައިގެން ހެރީ ކޭން ވަނީ އިންގްލެންޑުގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފަ އެވެ.މި ގޯލާއެކު ކޭން ވެގެން ގޮސްފައިވަނީ ވޯލްޑް ކަޕްގައި އިންގްލެންޑަށް އެންމެ ގިނަ ގޯލު ކާމިޔާބުކޮށްދިން ކުޅުންތެރިޔާއަށެވެ. އޭނާ ވަނީ ވޯލްޑް ކަޕްގައި އިންގްލެންޑަށް 11 ގޯލު ކާމިޔާބުކޮށްދީފަ އެވެ. މި ރެކޯޑު މީގެކުރިން އޮތީ ގެރީ ލިނެކާގެ އަތުގަ އެވެ.މި ގޯލަށް ފަހު އިންގްލެންޑަށް މި ހާފުގައި ވަނީ ލީޑު ފުޅާކޮށްލަން ރަނގަޅު ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެފަ އެވެ.ކްރޮއޭޝިއާ އިން ގާނާ ކޮޅަށް ފުރަތަމަ ހަމަލާ ފޮނުވާލީ ނިކޮލަ ވްލަސިޗް އެވެ. އޭރިއާބޭރުން ވްލަސިޗް ޖެހި ޝޮޓް ބޭރުވީ ދަނޑީގައި ޖެހިފަ އެވެ. ކްރޮއޭޝިއާ އިން ލީޑުނެގީ މެޗުގެ 31 ވަނަ މިނިޓްގައި ޖެހި ގޯލަކުންނެވެ. މަޓެއޯ ކޮވަސިޗް ދިން ބޯޅައެއް ކޮންޓްރޯލް ކުރުމަށް ފަހު، ޕެޓާ ސުޗިޗް ފޮނުވާލި ބޯޅަ ގާނާގެ ކީޕަރު ބެންޖަމިން އަސާރޭ އަތްކައިރިން އަމާޒުވީ ގޯލުގެ ތިރީ ކަނަށެެވެ. މިއީ، މި ފަހަރުގެ ވޯލްޑް ކަޕްގައި ގާނާ ކޮޅަށް ވަން ފުރަތަމަ ގޯލެެވެ. ފުރަތަމަ ހާފުގައި ގާނާ އަށް އެއްވަރުކޮށްދޭން، އަންޓުއާން ސެމެންޔޯ އޭރިއާތެރެއަށް ވަދެ ފޮނުވާލި ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރުންނެވެ.ގާނާ އިން ދެ ވަނަ ހާފުގައި ގިނަ ކުޅުންތެރިން އެޓޭކަށް ފޮނުވައިގެން އެއްވަރުކުރެވޭތޯ ދިޔައީ މަސައްކަަތްކުރަމުންނެވެ. އެ ގޮތުން ގާނާ އިން ވަނީ 77 ވަނަ މިނިޓްގައި ލަނޑު ޖަހައި އެއްވަރުކޮށްފަ އެވެ. މިއީ، ހިލޭޖެހުމަކުން އޭރިއާތެރެއަށް އައި ބޯޅައަކުން ޑެރިކް ލުކަސަން ޖެހި ގޯލެކެވެ. މި ގޯލު ބަލައިގަންނަން ނިންމީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން އަންގައިގެން ދަނޑުކައިރީ މޮނީޓަރުން ބަލައިފަ އެވެ. ކްރޮއޭޝިއާ އިން އަލުން ލީޑުނަގަން މާރިއޯ ޕަސަލިޗް ޖެހި ބޯޅައެއް ކީޕަރު އަސާރޭ މަތަކުރިއިރު، އެ ބޯޅަ ބޭރުވެ ލިބުނު ކޯނަރުން ޕަސަލިޗް ބޮލުން ޖެހި ގޯލުން ކްރޮއޭޝިއާ އިން އަލުން ލީޑުނެގި އެވެ.