ދުނިޔެ
ބްރެޒިލްގައި މަތިންދާ ބޯޓެއް ވެއްޓި 61 މީހުން މަރުވެއްޖެ
ބްރެޒިލްގެ ސިޓީއެއް ކަމަށްވާ ސާއޮޕާލޯއަށް މަތިންދާބޯޓެއް ވެއްޓި ދަރުކުރި 62 މީހުން މަރުވެއްޖެ ކަމަށް އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން ބުނެފި އެވެ.

އެ ބޯޓު ވެއްޓުނީ ޕަރާނާގެ ދެކުނު ސްޓޭޓްގެ ކަސްކަވެލްއިން ސައޯ ޕައުލޯ ސިޓީގެ ގުއަރޫލްހޯސް އެއާޕޯޓަށް ދަތުރުކުރަމުން ދަނިކޮށް ވިންހެޑޯ ޓައުންއަށް ކަމަށް ވޮއެޕާސް އެއާލައިނުން ބުނެއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފުޓޭޖުތަކުން ފެންނަ ގޮތުގައި ބޯޓު ވެއްޓިފައިވަނީ އެކޮޅުކޮޅުން އެނބުރެމުންނެވެ.

އޭޓީއާރު 72-500 އެ ބޯޓުގައި 57 ފަސިންޖަރުންނާއި ހަތަރު ފަޅުވެރިން ތިއްބެވެ. ބްރެޒިލްގެ ކަމާބެހޭ އިދާރާތަކުން ބުނި ގޮތުގައި ބޯޓުގައި ތިބި އެކަކު ވެސް ސަލާމަތެއްނުވެއެވެ.

ބްރެޒިލްގެ ސިވިލް އޭވިއޭޝަން އެޖެންސީން ވަނީ ފްލައިޓުގައި ތިބި ކްރޫންނަކީ ލައިސެންސް ލިބިފައިވާ ހުރިހާ ކޮލިފިކޭޝަނެއް ވެސް ފުރިހަމަ ބައެއް ކަމަށް ބުނެފަ އެވެ. އަދި އެ މަތިންދާބޯޓަކީ ވެސް ރަނގަޅު ހާލަތެއްގައި އޮތް ބޯޓެއް ކަމަށާއި މި ހާދިސާގެ ތަހުގީގު ވަރަށް ގާތުން ބަލަމުންދާނެ ކަމަށް އެ އެޖެންސީން ބުނެފައިވެ އެވެ.

މި ހާދިސާއާ ގުޅިގެން ބްރެޒިލްގެ ރައީސް ލޫލާ ވަނީ އެގައުމުގައި ގައުމީ ހިތާމައިގެ ތިން ދުވަސް އިއުލާންކޮށްފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު