
މި ސަމިޓް ބޭއްވުމަށް ތާވަލުކުރެވިފައިވަނީ މި މަހުގެ 19 އިން 31 އަށް، އަރމީނިއާގެ ޔެރެވާންގަ އެވެ.މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ވިދާޅުވީ މި ބައްދަލުވުމުގައި ރާއްޖޭން ބައިވެރިވެވަޑައިގަންނަވާ ވަފުދުން، މަޝްވަރާތަކުގައި މައިގަނޑު ގޮތެއްގައި މަސައްކަތްކުރާނީ، ބައްދަލުވުމުން ނިންމާ ނިންމުންތަކުގައި ދިވެހިރާއްޖެއިން ދެކޭގޮތާއި، ތިމާވެށްޓާއި ދިރުންތަކުގެ ނަސްލުތައް ހިމާޔަތްކުރުމުގައި ރާއްޖެއިން އިސްކަންދޭ މުހިންމު ކަންކަން އެންމެ ފުރިހަމައަށް ހިމެނުމަށް ބާރުއެޅުމަށް ކަމަށެވެ.