ޚަބަރު
ޕާކިސްތާނުގެ ޔުނިވާސިޓީއަކުން ރައީސަށް އޮނަރަރީ ޑޮކްޓަރޭޓެއް އަރުވައިފި
ރައީސް މުއިއްޒަށް އޮނަރަރީ ޑޮކްޓަރޭޓްކަން އެރުވުން
ޕާކިސްތާނުގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީން ރައީސް، ޑރ. މުހައްމަދު މުއިއްޒަށް އޮނަރަރީ ޑޮކްޓްރޭޓުކަން މިއަދު އަރުވައިފި އެވެ.

ރައީސް މުއިއްޒަށް މި ޝަރަފު އަރުވާފައިވަނީ ޕާކިސްތާނުގެ ބޮޑުވަޒީރު މުހައްމަދު ޝެހްބާޒު ޝަރީފްގެ ދައުވަތަކަށް އެ ގައުމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ބޮޑުވަޒީރުގެ ގެކޮޅުގައި އޮތް ރަސްމިއްޔާތެއްގަ އެވެ.

މި ޝަރަފު ރައީސަށް އަރުވާފައިވަނީ އެކި ދާއިރާތަކުން ކުރައްވާފައިވާ ހިދުމަތްތަކާއި ރާއްޖޭގެ ތަރައްގީއަށް ކުރައްވާފައިވާ ހިދުމަތްތައް އަދި ބައިނަލްއަގުވާމީ މައިދާނުގައި ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުންނެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު