ޔޫނުސް އިބްރާހިމް
21 އޮކްޓޫބަރ 2026 - 12:00
0 comments
ރައީސް މުހައްމަދު މުއިއްޒަށް ޕާކިސްތާނުން ރަސްމީކޮށް މިއަދު މަރުހަބާ ދަންނަވައިފި އެވެ.
ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް އާއި އެ ގައުމުގެ އިސްވެރިންގެ ފަރާތުން ރައީސް މުއިއްޒަށް މަރުހަބާ ދެންނެވީ ބޮޑުވަޒީރުގެ ރަސްމީ ގެކޮޅުގައި ދެންމެ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.
ރައީސް މުއިއްޒަށް މަރުހަބާ ދެންނެވުމުގެ ގޮތުން އެ ގައުމުގެ ސިފައިން ވަނީ ޝަރަފުގެ ގާޑެއް އަރުވައިފަ އެވެ.
ރައީސަށް މަރުހަބާ ދެންނެވުމުގެ ހަރަކާތަށް ފަހު ބޮޑުވަޒީރުގެ ރަސްމީގެކޮޅުގައި ދެން ކުރިއަށް ގެންދާނީ ދެ ގައުމުގެ ރަސްމީ ވާހަކަތަކާއި 20 އެމްއޯޔޫއެއްގައި ސޮއިކުރުން އަދި ރައީސް މުއިއްޒާއި ބޮޑުވަޒީރު ޝެހްބާޒުގެ ގުޅިފައިވާ ބަޔާން ދެއްވުމެވެ.