ހަފުތާ ބަންދުގައިވެސް ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށްފި
ޔޫނުސް އިބްރާހިމް
06 އޯގަސްޓް 2026 - 11:47
0 comments
ތިނަދޫގައި ފެންބޮޑުވެފައި - ފޮޓޯ: ތިނަދޫ ސިޓީ ކައުންސިލް
ކުރިއަށް އޮތް ހަފުތާ ބަންދުގައިވެސް ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިންބުނެފި އެވެ.
ކުރިއަށް އޮތް 24 ގަޑިއިރުގެ މޫސުމަށް ބަލާއިރު، ރާއްޖޭގެ ދެކުނާއި އުތުރުގެ އެކި ރަށްތަކަށް ވިއްސާރަކޮށް، ބައެއް ރަށްތަކަށް ގުގުރުމަކީ އެކަށީގެންވާ ކަމެކެވެ. މީގެ އިތުރުން މެދުރާއްޖެތެރޭގެ އަތޮޅުތަކަށްވެސް ކެރީގެ އަސަރު ކުރާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ކެރީގެ އަސަރު ކުރާނެ ކަމަށާއި، ވައި ޖެހޭނެ ކަމަށް ބެލެވެނީ އުތުރާއި މެދުރާއްޖެތެރެއަށް ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގައި ކަމަށް އެ އިދާރާއިން ލަފާކުރެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައި ގަދަވުން އެކަށީގެންވާކަމަށް ވަނީ ލަފާކޮށްފަ އެވެ.މެޓް އޮފީހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ވޭތުވެދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭވެހިފައިވަނީ ގދ. ފަރެސްމާތޮޑާއަށެވެ. އެ ރަށަށް 48.3 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް ރެކޯޑު ކުރެވިފައި ވެއެވެ.މޫސުން ގޯސްވެ، ވިލާގަނޑުގައި ވައިގަދަވެފައި ކަނޑުތައް ގަދަވާނެތީ، ކަނޑު ދަތުރުފަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހާއި ސަލާމަތީ ހިދުމަތްތަކުން ވަނީ އިލްތިމާސްކޮށްފަ އެވެ.
ކިޔުންތެރިންގެ ޝުއޫރު