ކ. ގާފަރު ކައިރިއަށް މިއަދު ބަންޑުން ޖަހާލި ކޮޅުވެއްޓިއަކުން ދެ މީހަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ފަށައިފި އެވެ.
ފުލުހުން ބުނި ގޮތުގައި، މި ހާދިސާގެ މައުލޫމާތު އެ އިދާރާއަށް ރިޕޯޓުކޮށްފައިވަނީ މިއަދު ހެނދުނު 08:48 އެހައިކަންހާއިރުއެވެ. މި ހާދިސާ ހިނގިއިރު އެ އުޅަނދުގައި ޖުމްލަ 10 މީހަކު ދަތުރުކުރަމުން ދިޔަ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.އުޅަނދުގައި ތިބި 10 މީހުންގެ ތެރެއިން އަށް މީހަކު މިހާރު ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތުދެ އެވެ. ނަމަވެސް، އަނެއް ދެ މީހުން އަދިވެސް ނުފެންނާތީ، އެ މީހުން ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.މި ދެ މީހުން ހޯދުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.މި ހާދިސާ ހިނގިއިރު މުޅި ރާއްޖެއަށް މިހާރު އަންނަނީ ވަރަށް ވިއްސާރަ ކުރަމުންނެވެ. މެޓް އޮފީހުން ބުނީ ހުޅަނގު މޫސުމާ ގުޅިގެން ރާއްޖޭގެ އުތުރާއި އިރުދެކުނުގައި އުފެދިފައިވާ ލޯޕްރެޝާ ޓްރަފްގެ ސަބަބުން ރާއްޖޭގެ ހުޅަނގުގައި ގިނަ އަދަދަކަށް ބޯވިއްސާރަ ވިލާ ދަނީ އުފެދެމުންނެވެ. އެއާ އެކު ހާއްސަކޮށް މިއަދު ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ އެވެ. އަދި މާދަމާ އާއި އޭގެ އަނެއް ދުވަހު ވެސް މުޅި ރާއްޖެއަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވެ އެވެ.