ކުޑަ ޑިންގީއެއްގައި އެކަނި މަހަށް ނުކުތް ރ. ވާދޫ މީހަކު ގެއްލިގެން ހޯދަނީ
ކަނޑުމައްޗަށް ނުކުމެ އުޅެނިކޮށް ގެއްލުނު މީހާ.
ރ. ވާދޫން ކަނޑުމައްޗަށް ނުކުމެ އުޅުނު މީހަކު ގެއްލިގެން ހޯދުމުގެ މަސައްކަތް މިރޭ ފަށައިފި އެވެ. 
އެ މީހާ ގެއްލިގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިރޭ 20:48 އެހާކަންހާއިރު ކަމަށް ފުލުހުން ބުންޏެވެ. އެއީ، ރ. ވާދޫ، ވިންޑްސްޓަރ، މުޙައްމަދު އިޤްބާލްއެވެ.
އޭނާ ކަނޑުމައްޗަށް ނުކުތީ މިއަދު ފަތިހެވެ. ފުލުހުން ބުނި ގޮތުގައި އެ މީހާ ކަނޑުމައްޗަށް ނުކުތީ ކުޑަ ޑިންގީއެއްގައި އެކަންޏެވެ. އަދި، އެ މީހާ ނުކުތްއިރު އަތުގައި މޯބައިލް ފޯނެއް ވެސް ނެތް ކަމަށް ފުލުހުން ބުނެފައިވެއެވެ.ފުލުހުން ބުނީ އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ ރ. އަލިފުށި ޕޮލިސް ސްޓޭޝަންގެ ނަންބަރު 9992245 އަށް ގުޅައި ހިއްސާކުރުމަށް އެދޭ ކަމަށެވެ.