ޚަބަރު
މާލޭގައި މާރާމާރީއެއް ހިންގަން ރޭވި ބަޔަކު ހައްޔަރުކޮށްފި
ފުލުހުންގެ އޮޕަރޭޝަނެއް ހައިކޯޓު ސަރަހައްދުގައި - ފައިލް ފޮޓޯ: ސަން
މާރާމާރީ ހިންގަން ރާވައި، ތޫނު ހަތިޔާރު ގެންގުޅުމުގެ ތުހުމަތުގައި ހަ ޒުވާނަކު ބަންދުކޮށް ކްރިމިނަލް ކޯޓުން މުއްދަތު ޖަހައިފި އެވެ.

ފުލުހުން ބުނީ މި މައްސަލާގައި ފާސްކުރީ، ރައިވެރި ހިނގުމުގައި ހުންނަ ގެސްޓް ހައުސްއަކާއި އެ ސަރަހައްދު ކަމަށެވެ.  

ފުލުހުން ބުނި ގޮތުގައި މި އޮޕަރޭޝަނުގައި ހައްޔަރުކުރީ 30 އަހަރުގެ ދިވެހި ދެ ފިރިހެނަކާއި 23 އަހަރުގެ ދިވެހި ފިރިހެނަކާއި 21 އަހަރުގެ ދިވެހި ފިރިހެނަކާއި 34 އަހަރުގެ ދިވެހި ފިރިހެނެއްގެ އިތުރުން 32 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މި އޮޕަރޭޝަން ހިންގީ މި މަހުގެ ދެ ވަނަ ދުވަހުގެ ރޭ ކަމަށާއި ހައްޔަރުކުރި މީހުންގެ އަތުން، ފަތްޖެހި ވަޅިއެއްގެ އިތުރުން 39،695ރ. ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ. 

އެމީހުންގެ ބަންދާ މެދު ގޮތެއް ނިންމަން އިއްޔެ ކްރިމިނަލް ކޯޓަށް ގާޒިރު ކުރުމުން، ހަތަރު މީހަކު 15 ދުވަހަށް ބަންދުކުރަން އަމުރުކުރި އެވެ. ބާކީ ތިބި ދެ މީހުން ކޯޓުން ވަނީ ޝަރުތު ކުރުމަށް ފަހު ދޫކޮށްލާފައި ކަމަށް ފުލުހުން ބުންޏެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު