ޚަބަރު
ޝުޖާއު ވަކިކުރަން ނިންމި ނިންމުން އަނބުރާ ގެންދަން ޝާހިދު ގޮވާލައްވައިފި
އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު - ފޮޓޯ: އެމްޑީޕީ
ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ މަގާމުން ވަކިވެއްޖެ ކަމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ނިންމާފައިވާ ނިންމުން އަނބުރާ ގެންދިއުމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ގޮވާލައްވައިފި އެވެ.

ޕާޓީ ބަދަލުކުރި މައްސަލައިގައި ޝުޖާއުގެ މަގާމު ގެއްލިއްޖެ ކަމަށް އެލްޖީއޭއިން ކަނޑައެޅީ މިދިޔަ ބުރާސްފަތި ދުވަހެވެ.

މިދިޔަ ޖޫން މަހުގެ ދެވަނަ ދުވަހު އުވާލި ދަ ޑިމޮކްރެޓްސްގެ ޓިކެޓުގައި ތިނަދޫ ކައުންސިލްގެ ރައީސަކަށް އިންތިޚާބުވި ޝުޖާއު، އެ މަގާމުން އެކަހެރިކުރީ އެ މަހުގެ ފަސްވަނަ ދުވަހެވެ. އޭނާ އެ މަގާމުން އެކަހެރިކޮށް ގޭގައި މަޑުކުރަން ވަނީ އޭރު އަންގައިފައެވެ. އެއަށްފަހު ޝުޖާއު ވަކިކުރިކަން އެލްޖީއޭއިން ހާމަކުރީ ބުރާސްފަތި ދުވަހެވެ.

"އެކްސް"ގައި ކުރެއްވި ޕޯސްޓެއްގަ އި ޝާހިދު ވިދާޅުވީ އިންތިހާބީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ ގޮނޑި ގެއްލިއްޖެތޯ ނުވަތަ ނޫންތޯ ކަނޑައަޅަން އިޖުރާއަތްތަކެއް ކަނޑައެޅިފައި އޮންނަ ކަމަށެވެ.

އެހެންކަމުން އެކަންކަން ފުރިހަމަނުކޮށް، ރައްޔިތުންގެ ނިންމުމުގައި ކޮޅުފައިން ޖަހައި، އެމްޑީޕީގެ މެންބަރަކަށް ވީތީ ސިޔާސީ ކުލަ ޖެހިފައިވާ ފިޔަވަޅު އެޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ޝާހިދު ވަނީ ވިދާޅުވެފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު