
އެލްޖީއޭއިން މިއަދު ނެރުނު ނޫސްބަަޔާނެއްގައި ބުނީ މި އަހަރު އޮތް ލޯކަލް ކައުންސިލް އިންތިހާބަށްފަހު، އޭނާ އިންތިހާބުވި ޕާޓީ ނޫން އެހެން ޕާޓީއެއްގައި މެއި 19، ގައި ދަފުތަރުވެފައިވާކަން އިލެކްޝަންސް ކޮމިޝަނުން އެލްޖީއޭއަށް އެންގި ކަމަށެވެ.އެލްޖީއޭ އިން ބުނި ގޮތުގައި، ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި އިންތިޚާބުވާ ކައުންސިލަރަކު، އެ ހިނގާ ދައުރެއްގެ ތެރޭގައި އެހެން ޕާޓީއަކަށް ބަދަލުވެ އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ދަފްތަރުގައި ހިމެނިއްޖެނަމަ، އަމިއްލައަށް މަގާމުން ވަކިވާނެ ކަމަށް ގާނޫނުގައި ސާފުކޮށް ބަޔާންކޮށްފައިވެއެވެ.ޝުޖާއުގެ ގޮނޑި ގެއްލުނު ކަމަށް ކަނޑައެޅިއިރު، ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައިގެން އުފެއްދެވި، ޑިމޮކްރެޓްސްއަކީ 3،000 މެންބަރުން ހަމަނުވާ ޕާޓީއަކަށް ވާތީ ވަރަށް ފަހުން އެ ޕާޓީ ވަނީ އުވާލާފައެވެ.އެ ޕާޓީ އުވުމުގެ ކުރިން ނަޝީދު ހިމެނިވަޑައިގަންނަވާ ގޮތަށް ޑިމޮކްރެޓްސްގެ ގިނަ މެންބަރުންތަކެއް ވަނީ އަލުން އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ.ބެލެވޭ ގޮތުގައި ޝުޖާއު އަލުން އެމްޑީޕީއާ ގުޅުނީ ޑިމޮކްރެޓްސް އުވާލުމުންނެވެ.