ޚަބަރު
ސިޓީތަކުގެ ރައީސާއިންނަށް 41،000، ރަށްރަށުގެ ރައީސާއިންނަށް 21،000ރ
ސިޓީތަކާއި ރަށްރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ ރައީސުންގެ މުސާރަ އެތައް ގުނައެއް ބޮޑުކުރަން ނޭޝަނަލް ޕޭ ކޮމިޝަނުން ނިންމައިފި އެވެ. 

ލާމަރުކަޒީ ގާނޫނަށް މި ފަހުން ގެނައި އިސްލާހުގައިވާ ގޮތުން އަންހެނުންގެ ކޮމިޓީތަކުގެ މެންބަރުންގެ މުސާރަ ކަނޑައަޅަން ޖެހެނީ ޕޭ ކޮމިޝަނުންނެވެ.

ޕޭ ކޮމިޝަނުން އަންހެނުންގެ ކޮމިޓީތަކުގެ މެންބަރުންގެ މުސާރަ ކަނޑައެޅުމަށް ފަހު، އެ ކޮމިޝަނުގެ ރައީސް އަދި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވަނީ ލޯކަލް ގަވަރުމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ސީއީއޯ މުހައްމަދު ނިމާލަށް ސިޓީއެއް ފޮނުވައިފަ އެވެ.

ޕޭ ކޮމިޝަނުން މިހާރު ނިންމާފައިވަނީ ސިޓީތަކުގެ އަންހެނުންގެ ކޮމެޓީގެ ރައީސުންގެ މުސާރައަށް މަހަކު 41،500ރ. ދިނުމަށާއި އަދި ރަށްރަށުގެ އަންހެނުންގެ ކޮމެޓީތަކުގެ ރައީސުންނަށް މަހަކު 21،000ރ. ދިނުމަށެވެ. 

އެއީ ސިޓީތަކުގެ އަންހެނުންގެ ކޮމެޓީގެ ރައީސުންނަށް މުސާރައިގެ ގޮތުގައި މަހަކު 33،000ރ. އާއި ލިވިން އެލަވަންސްގެ ގޮތުގައި 8،500ރ. އެވެ. އަދި ރަށްރަށުގެ ކޮމެޓީތަކުގެ ރައީސުންނަށް 21،000ރ. ކަނޑައެޅީ މުސާރައިގެ ގޮތުގައި 16،500ރ. އާއި ލިވިން އެލަވަންސްގެ ގޮތުގައި 4،500ރ. ދޭ ގޮތަށެވެ.

އަންހެނުން ކޮމިޓީ މެންބަރުންގެ މުސާރަ ބޮޑުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީސް ކެމްޕޭން ތެރޭ ވައުދުވެވަޑައިގެންނެވިއެވެ. އެ ގޮތުން، މަޖިލީހުގެ މެޖޯރިޓީ ލިބިވަޑައިގެންފި ނަމަ އަންހެނުން ކޮމިޓީ ބާރުވެރިކޮށް، ބަޖެޓު ދެގުނަކޮށްދެއްވާނެ ކަމަށް އެ މަނިކުފާނު ވައުދުވެވަޑައިގެންނެވިއެވެ.

އެ ގޮތުން، މިދިޔަ ރޯދަމަހާ ދިމާކޮށް އަންހެނުން ކޮމިޓީގެ މެންބަރުންނަށް ރޯދަ އެލަވަންސް ދޭން ވެސް މަޖިލީހުން ފާސްކުރިއެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު