ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
އެލްޖީއޭގެ މުވައްޒަފުންނާ ގުޅޭ ބިލް ތަސްދީގުކޮށްފި
ޔޫނުސް އިބްރާހިމް
14 މެއި 2026 - 22:59
0
comments
Tweet
Telegram
ލޯކަލް ގަވަމަންޓް އޮތޯރިޓީގެ މުވައްޒަފުންނަކީ ސިވިލް ސާވެންޓުންގެ ގޮތުގައި ހަމަޖައްސައި ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހު، ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ތަސްދީގުކުރައްވައިފި އެވެ.
މި ބިލު ފާސްކޮށްފައި ވަނީ މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގަ އެވެ.
މި ބިލަށް ގެނެވުނު މައިގަނޑު އިސްލާހުގެ ތެރޭގައި ހިމެނެނީ އެލްޖީއޭގެ މުވައްޒަފުންނަކީ ސިވިލް ސާވިސްގެ މުވައްޒަފުން ކަމުގައި ހަމަޖެއްސުމެވެ.
އެގޮތުން ލޯކަލް ކައުންސިލްތަކުގެ މަސައްކަތްތަކާއި ހަރަކާތްތައް ވިލަރެސްކުރުމުގެ ޒިންމާ މަތިކޮށްފައިވާ އިދާރާ ކަމުގައިވާ އެލްޖީއޭގެ ހިންގުން ހަރުދަނާކުރުމުގެ ގޮތުން ގެނެވުނު އިސްލާހުތަކުގެ ތެރޭގައި އޮތޯރިޓީގެ މުވައްޒަފުން އައްޔަނުކޮށް ވަކިކުރުމުގައްޔާއި، މުވައްޒަފުންނާ ގުޅޭ އެނޫންވެސް ކަންކަމުގައި، ޒިންމާދާރު އިސްވެރިޔާގެ ދައުރު އަދާކުރާނީ އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރުކަމަށް ވަނީ އިސްލާހުގައި ބަޔާންކޮށްފަ އެވެ. އަދި އޮތޯރިޓީގެ ބޯޑުގެ ލަފާގެ މަތީން، މުވައްޒަފުންގެ މަގާމުތަކުގެ އޮނިގަނޑު އެކުލަވައިލައި ސިވިލް ސާވިސް ކޮމިޝަނަށް ހުށަހަޅައި ފާސްކުރަންވާނެ ކަމަށް އިސްލާހުގައިވެ އެވެ.
މި ގާނޫނަށް އަމަލުކުރަން ފަށާތާ ގިނަވެގެން 30 ދުވަހުގެ ތެރޭގައި އޮނިގަނޑު އެކުލަވައިލައި، ފާސްކުރުމަށް ޓަކައި ސިވިލް ސާވިސް ކޮމިޝަނަށް އޮތޯރިޓީން ހުށަހަޅަން ޖެހެ އެވެ.
ސިވިލް ސާވިސް ކޮމިޝަނުން 15 ދުވަހުގެ ތެރޭގައި އޮނިގަނޑު ފާސްކުރުމަށް، އަދި އެ ތާރީހުން ފެށިގެން 30 ދުވަހުގެ ތެރޭގައި އޮތޯރިޓީގެ މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑު، ނޭޝަނަލް ޕޭ ކޮމިޝަނުން ކަނޑައަޅައި ނިންމަންވާނެކަމަށް ވެސް މި ބިލަށް ހުށަހެޅުނު އިސްލާހުގައި ހިމަނާފައިވެ އެވެ.
މީގެ އިތުރުން ވެސް ރަށްރަށާއި ސިޓީތަކުގައި ޤާނޫނުގެ ދަށުން، ލޯކަލް ކައުންސިލްތަކުން ފޯރުކޮށް ދޭން ޖެހޭ އާންމު ޚިދުމަތްތަކުގެ ތެރޭގައި ކުނި މެނޭޖް ކުރުމުގެ ޚިދުމަތް ވަނީ ގެނެވުނު އިޞްލާޙްތަކުގެ ތެރޭގައި ހިމަނައިފަ އެވެ.
ރައީސް މި ބިލު ތަސްދީގު ކުރައްވާ ދިވެހިސަރުކާރުގެ ގެޒެޓްގައި ޝާއިޢުކުރެއްވުމާއެކު، މިހާރު ވަނީ މި ޤާނޫނަށް ޢަމަލުކުރަން ފަށާފަ އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
20 ދުވަސް ކުރިން
0
އަތޮޅު ކައުންސިލްތައް އުވާލުމުން އެސްޖީން މަގާމުން ވަކިކޮށްފި
26 ދުވަސް ކުރިން
0
ވ. ތިނަދޫ ކައުންސިލުގެ ރައީސް ސުޖާއު ސަސްޕެންޑުކޮށްފި
1 މަސް ކުރިން
0
ސިޓީތަކުގެ ރައީސާއިންނަށް 41،000، ރަށްރަށުގެ ރައީސާއިންނަށް 21،000ރ
1 މަސް ކުރިން
0
ކައުންސިލްތައް އުވާލުމުން ކޮންމެ އަތޮޅެއްގައި އެލްޖީއޭގެ އަތޮޅު އޮފީހެއް
ކިޔުންތެރިންގެ ޝުއޫރު
0%
0%
100%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
މޭރީ މަރާލި މާވިން އުމުރަށް ޖަލަށްލާން ހުކުމްކޮށްފި
1 ގަޑިއިރު ކުރިން
0
ހައްޖު ކޯޕަރޭޝަންގެ އެމްޑީއަކަށް ފިރުޒުލް އައްޔަންކޮށްފި
3 ގަޑިއިރު ކުރިން
0
މި ސަރުކާރުން ބޮޑުކުރި ސިނގިރޭޓު ޑިއުޓީ ކުޑަކުރަން މަޖިލީހުން ފާސްކޮށްފި
3 ގަޑިއިރު ކުރިން
0
މިނިވަން 60 ފާހަގަކުރަން ހަރަދުވީ 4.1 މިލިޔަން: ހީނާ
4 ގަޑިއިރު ކުރިން
0