ޚަބަރު
ކުނި މެނޭޖުކުރުން ކައުންސިލްތަކަށް ލާޒިމުކުރަން ގާނޫނަށް ސަރުކާރުން އިސްލާހެއް!
ކުނި މެނޭޖު ކުރުމުގެ ހިދުމަތަކީ ކައުންސިލްތަކުން ދޭންޖެހޭ ހިދުމަތެއް ކަމުގައި ކަނޑައެޅުމަށް ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހެއް ހުށަހަޅައިފި އެވެ.

ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު ހަމަދު އަބްދުﷲ ހުށަހެޅުއްވި އެ ބިލްގެ ފުރަތަމަ ކިޔުން އިއްވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގަ އެވެ.

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުުމުގެ ގާނޫނަށް ދެ ބަދަލެއް ގެންނަން ހުށަހެޅި އެ ބިލްގައި އޮތީ އެ ގާނޫނުގެ 69-1 ވަނަ މާއްދާގެ (ހ)ގެ ތިން ވަނަ ނަމްބަރުގެ ފަހަތަށް ނަމްބަރެއް އިތުރުކޮށް، ކުނި މެނޭޖުކުރުން ހިމެނުމަށެވެ.

އެ މާއްދާ މިހާރު އޮތް ގޮތުން ކައުންސިލްތަކުން ދޭން ޖެހެނީ ކަރަންޓާއި ފެނުގެ ހިދުމަތާއި ފާހާނާ އާއި ނަރުދަމާގެ ހިދުމަތެވެ.

ކުނި މެނޭޖުކުރުން ކައުންސިލްތަކަށް ލާޒިމުކުރުމުގެ އިތުރުން ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ މުވައްޒަފުންނަކީ ސިވިލް ސާވިސްގެ މުވައްޒަފުން ކަމުގައި ހަމަޖެއްސުމަށްވެސް ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ވަނީ އިސްލާހު ހުށަހަޅާފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު