ޚަބަރު
މަޖިލީހުގެ މި ދައުރުގެ މުއްދަތު އިތުރުކުރަން ފާސްކޮށްފި
ރައްޔިތުންގެ މަޖިލީހުގެ މި ދައުރުގެ މުއްދަތު އިތުރުކުރަން ފާސްކޮށްފި އެވެ.

މަޖިލީހުގެ ގަވާއިދުގައިވާގޮތުން ކޮންމެ އަހަރަކުވެސް 3 ދައުރަކަށް ބަހާލައިގެން މަޖިލީހުގެ ޖަލްސާތައް ކުރިއަށްދާނެއެވެ. އެގޮތުން ފުރަތަމަ ދައުރުގެ ޖަލްސާތައް ކުރިއަށްދާނީ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން މެއި 15ގެ ނިޔަލަށް ކަމަށް ވަނީ ބަޔާންކޮށްފަ އެވެ. އެހެންކަމުން ގަވާއިދުގައިވާގޮތުން މިއަހަރުގެ ފުރަތަމަ ދައުރުގެ ޖަލްސާތައް ހުކުރު ދުވަހަށް ނިންމަންޖެހެ އެވެ.

މަޖިލީހުގެ މި ދައުރު އިތުރުކުރަން ފެންނަ ކަމަށް 58 މެންބަރުން ވޯޓު ދެއްވިއިރު ނުފެންނަ ކަމަށް ވޯޓު ދެއްވީ 11 މެންބަރުންނެވެ.

މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން މަޖިލީހުގެ ފުރަތަމަ ދައުރު ހިނގާނީ ފެބްރުއަރީ މަހުގެ ފުރަތަަމަ ދުވަހުން ފެށިގެން މޭ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ.

ނަމަވެސް، އަބްދުއްރަހީމް ވިދާޅުވީ މި ދައުރުގައި މަޖިލީހުން ނިންމަން މުހިންމު މަސައްކަތްތަކެއް ހުރުމުން މި ދައުރު 31 މޭ ގެ ނިޔަލަށް އިތުރުކުރަން ގަސްތު ކުރައްވާ ކަމަށެވެ.

މަޖިލީހުގައި މިހާރު ހުރި މަސައްކަތްތަކުގެ ތެރޭގައި ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ސައިބާ ސެކިއުރިޓީ  ބިލާއި ޒާތީ މައުލޫމާތު ރައްކާތެރިކުރުމުގެ ބިލާއި ވަތަނީ ހިދުމަތުގެ ބިލު ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހުގެނައުމުގެ ބިލު ހިމެނެ އެވެ. 

ޔުނައިޓެޑް އަރަބް އެމިރޭޓްސް އާއި ގަަތަރަށް ރާއްޖޭން ކަނޑައަޅާ ސަފީރުންނަށް ރުހުން ދިނުމާ މެދު މަޖިލީހުން ގޮތެއް ނިންމުން މަޖިލީހުގައި މިހާރު ކުރަން ހުރި މަސައްކަތްތަކުގެ ތެރޭގައި ހިމެނެ އެވެ. 

 

 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު