ޒާތީ މައުލޫމާތު އެއްކޮށް ބަލަހައްޓައި ބޭނުންކުރުމުގައި އަމަލުކުރަންޖެހޭ ގާނޫނީ އޮނިގަނޑެއް ހަދަން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފި އެވެ.
ސަރުކާރުގެ ފަރާތުން މި ބިލް ހުށަހެޅުއްވީ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު އަލީ އިބްރާހީމް އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ މި ބިލް މަޖިލީހަށް ތައާރަފުކޮށްފަ އެވެ. ބިލުގައި ހިމެނޭ މުހިއްމު ބައެއް ބައިތައް
- ބޭރުގައުމުތަކާއި ބައިނަލްއަގުވާމީ އިދާރާތަކާއި ކްރޮސް-ބޯޑާ ފަރާތްތަކަށް ޒާތީ މައުލޫމާތު ޓްރާންސްފާ ކުރުމާ ގުޅޭ އުސޫލުތައް ކަނޑައެޅުން.
- މައުލޫމާތެއްގެ ސިއްރުކަން ގެއްލޭ (ޑޭޓާ ބްރީޗް އެއް މެދުވެރިވާ) ހާލަތުގައި އަމަލުކުރާނެ އުސޫލުތައް ކަނޑައެޅުން.
- ގާނޫނު ހިންގަން އުފައްދާ "ޕްރައިވެސީ ކޮމިޝަނަރު"ގެ ދައުރު އަދާކުރާނެ ފަރާތެއް ކަނޑައަޅައި އެ މަގާމުގެ މަސްއޫލިުއްޔަތުތަކާއި ބާރުތައް ކަނޑައެޅުން.
ސަރުކާރުން ހުށަހެޅި ބިލުުގައިވާ ގޮތުން އެ ބިލު ގާނޫނަކަށް ވުމަށް ފަހު، އެ ގާނޫނު ތަންފީޒުވާކަން ކަށަވަރުކުރުމުގެ ގޮތުން ކުރަންޖެހޭ ގިނަ ކަންތައްތަކަކީ ޕްރައިވެސީ ކަމިޝަނަރުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭނެ ކަންތައްތަކެވެ.
ޒާތީ މައުލޫމާތުގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ހަމަޖައްސަން ޖެހޭ އިންތިޒާމުތަަކާއި ވަސީލަތްތައް ހަމަޖެއްސުމަކީ ވެސް އެ ބިލުގައިވާ ގޮތުން ޕްރައިވެސީ ކޮމިޝަނަރުގެ މަސްއޫލިއްތެކެވެ. މީހުންގެ ޒާތީ މައުލޫމާތުގެ ސިއްރުކަން ގެއްލޭ ހާލަތްތަކުގައި ދައުލަތުގެ އިދާރާތަކުން އަމަލުކުރަންވީ ގޮތުގެ ލަފާ ވެސް ދޭނީ ކަމިޝަނަރެވެ.
މީގެ އިތުރުން ޒާތީ މައުލޫމާތު ރައްކާތެރިކުރުމަށާއި އެ މައުލޫމާތު ނިސްބަތްވާ ޑޭޓާ ސަބްޖެކްޓުންގެ ހައްގުތައް ރައްކާތެރި ކުރުމުގައި ޕްރައިވަސީ ކޮމިޝަނަރުގެ ދައުރާއި މަސްއޫލިއްޔަތުތައް ކަނޑައެޅުން ހިމެނެ އެވެ.