ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
އަތޮޅު ކައުންސިލުތައް ރުޖޫއަކުރަން ހުށަހެޅި އިސްލާހު ބޭރުކޮށްލައިފި
ހުނައިދާ ޔާސިރު
04 މެއި 2026 - 13:15
0
comments
Tweet
Telegram
އަތޮޅު ކައުންސިލްތައް އުވާނުލުމަށް ގާނޫނުއަސާސީއަށް އިދިކޮޅު އެމްޑީޕީގެ ފަރާތުން ހުށަހެޅި އިސްލާހު މަޖިލީހުން މިއަދު ބޭރުކޮށްފި އެވެ.
މި އިސްލާހު ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) އެވެ. މި ބިލްގެ ފުރަތަމަ ކިޔުން އިއްވީ މިދިޔަ މަހުގެ 27 ވަނަ ދުވަހު އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި، މި އިސްލާހު ބަލައިގަންނަން ފެންނަ ކަމަށް އަށް މެންބަރުން ވޯޓު ދެއްވިއިރު ނުފެންނަ ކަމަށް 45 މެންބަރުން ވޯޓު ދެއްވި އެވެ.
މި ބިލު ހުށަހަޅުއްވަމުން މެންބަރު މުހައްމަދު އިބްރާހިމް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއަށް ފޮނުއްވި ސިޓީގައި ވިދާޅުވީ:
ގާނޫނުއަސާސީގެ 230 ވަނަ މާއްދާގެ (ހ)ގެ ދަށުން ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގަންވާނީ ލާމަރުކަޒީ އުސޫލުން ކަމަށް ބަޔާންކޮށްފައިވާއިރު، އެ ނިޒާމުގައި ހިމެނޭ މުހިންމު ބައެއް ކަމުގައިވާ އަތޮޅު ކައުންސިލްތައް އުވާލުމުގެ ސަބަބުން ގާނޫނުއަސާސީ ތަސައްވުރުކޮށްފައިވާ ނިޒާމަށް އުނިކަން ލިބިފައިވާ ކަމަށް
އެހެންވެ، ގާނޫނުއަސާސީ ތަސައްވުރުކޮށްފައިވާ ފުރިހަމަ ލާމަރުކަޒީ ނިޒާމް ހިންގުމުމަށްޓަކައި އަތޮޅު ކައުސިލްތައް އުވާނުލައި ކުރިން އޮތް ގޮތަށް އަނބުރާ ރުޖޫއަކުރުމަށްޓަކައި ގާނޫނުއަސާސީއަށް އިސްލާހުކުރުމަށް ހުށަހަޅާ ކަމަށް
ބިލު ހުށަހެޅި ސަބަބުތަކުގެ ތެރޭގައި މެންބަރު މުހައްމަދު އިބްރާހިމް އިތުރަށް ފާހަގަ ކުރެއްވި ގޮތުގައި، އަތޮޅު ކައުންސިލް އުވުލުމަކީ އެއްވެސް ވަރަކަށް ދިރާސާނުކޮށް، ރައީސް މުހައްމަދު މުއިއްޒުގެ އަމިއްލަ ވިސްނުންފުޅަށް ފެށި މަސައްކަތުގެ ތެރެއިން ކުރެއްވި ކަމެކެވެ. އެ މަސައްކަތުގެ ތެރެއިން ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެކުގައި ބޭއްވުމަކީ ވެސް ރައީސް ހުށަހެޅުއްވި ބަދަލެއްގެ ގޮތުގައި އޭނާ ފާހަގަ ކުރެއްވި އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
3 ގަޑިއިރު ކުރިން
0
އޭޑީއެޗްޑީގެ ބޭހެއް މަނާ ލިސްޓުން އުނި ކުރަނީ
5 ދުވަސް ކުރިން
0
ކެބިނެޓަށް ގެނައި ބަދަލަށް މަޖިލީހުން ރުހުން ދީފި
5 ދުވަސް ކުރިން
0
އުތުރު ދާއިރާ ބައި އިލެކްޝަންގައި ވާދަ ނުކުރަން ސިނާނު ނިންމައިފި
6 ދުވަސް ކުރިން
0
އަދަދު ނޫހުގެ އޮފީސް ބަލައި ފާސްކުރުމާ ގުޅިގެން ހުށަހެޅި ކުއްލި މައްސަލަ ބޭރު!
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ދައުލަތަށް ހިދުމަތްކުރުމުގެ އެވޯޑަށް ކުރިމަތިލާން ބުދަ ދުވަހު ހުޅުވާލަނީ
54 މިނެޓް ކުރިން
0
ދިފާއީ ދާއިރާއާ ހިމެނޭހެން 7 ދާއިރާއަކުން ރާއްޖެ އާއި ލަންކާއާ ދެމެދު އެއްބަސްވުންތަކެއް
1 ގަޑިއިރު ކުރިން
0
އަތޮޅު ކައުންސިލުތައް ރުޖޫއަކުރަން ހުށަހެޅި އިސްލާހު ބޭރުކޮށްލައިފި
2 ގަޑިއިރު ކުރިން
0
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބަށް ކުރި އިއުލާން ބާތިލްކުރަން ކޯޓަށް
3 ގަޑިއިރު ކުރިން
0