ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
އަދަދު ނޫހުގެ އޮފީސް ބަލައި ފާސްކުރުމާ ގުޅިގެން ހުށަހެޅި ކުއްލި މައްސަލަ ބޭރު!
ހުނައިދާ ޔާސިރު
28 އޭޕްރީލް 2026 - 11:22
0
comments
Tweet
Telegram
"އަދަދު" ހިންގާ އޮފީހަށް ފުލުހުން ފޮނުވައި ނޫހުގެ މަސައްކަތްތަކަށް ބޭނުންކުރާ ގިނަ އަދަދެއްގެ ސާމާނު ގެންދިޔުމާ ގުޅިގެން އެ މައްސަލަ މަޖިލީހުން ތަހުގީގު ކުރުމަށް ގޮވާލައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މީކާއިލް ނަސީމް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި އެވެ.
ފުލުހުން "އަދަދު" ނޫހުގެ އޮފީސް ބަލައި ފާސްކުރަން ފަށާފައި މިވަނީ އެ ނޫހުން ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ބޮޑެތި ތުހުމަތުތަކެއް ކޮށް ޑޮކިއުމެންޓްރީއެއް އާންމުކޮށްފައި ވަނިކޮށެވެ.
ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ނޫހުގެ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް މުއިއްޒު ވަނީ ޑޮކިއުމެންޓްރީގައި ކޮށްފައިވާ ތުހުމަތުތައް ދޮގު ކުރައްވާފަ އެވެ.
ރައީސް މުއިއްޒު ވިދާޅުވީ މިފަދަ ދޮގު ވާހަކަ ދެއްކި ހުރިހާ ފަރާތްތަކާ ދެކޮޅަށް ދައުވާކުރަން ކަމާބެހޭ ހުރިހާ ފަރާތްތަކުގެ ކިބައިން އެދިވަޑައިގަންނަވާ ކަމަށެވެ.
މީކާއިލް ހުށަހެޅުއްވި މައްސަލާގައި ވިދާޅުވެފައިވަނީ ނޫހަކުން އާންމުކުރާ ކޮންޓެންޓާ ގުޅޭ ގޮތުން އުފެދޭ ހިޔާލު ތަފާތުވުމުގެ މައްސަލަަަތައް ބެލުމަށް މީޑިއާ އެންޑް ބްރޮޑްކާސްޓިން ރެގިއުުލޭޝަން ގާނޫނުން ހާއްސަ މެކޭނިޒަމެއް ކަނޑައަޅާފައިވަ ކަމަށާއި، އެ އިޖުރާއަތުން ބޭރުވެ ފުލުހުން ގަދަބާރުން މިނިވަން މީޑިއާއެއްގެ އޮފީހަށް ވަދެ ބަލައި ފާސްކޮށް މުދާ ހިފެހެއްޓުމަކީ އާންމު ގޮތެއްގައި މީޑިއާތަކުގެ މިނިވަންކަމަށް އަރައިގަތުމުގެ އަމަލެއް ކަމަށެވެ.
އެއީ އެ ނޫސް ހުއްޓުވުމުގެ ބޭނުމުގައި ފުލުހުން ހިންގި އަމަލެއް ކަމަށް ތުހުމަތު ކުރުމުގެ ޖާގަ ލިބޭ ކަމަށް ވެސް މީކާއިލް ހުށަހެޅުއްވި މައްސަލާގައި ވަނީ ފާހަގަ ކުރައްވައިފަ އެވެ.
އެ މައްސަލަ ބަަލައިނުގަންނަކަން އިއުލާނު ކުރައްވައި ރިޔާސަތުން އަބްދުއްރަހީމް ވިދާޅުވީ ކުއްލި މައްސަލައަކީ ހަގީގަތެއްގެ މައްޗަށް ބިނާކޮށް ހުށަހެޅޭ ކަމަކަށް ވާންޖެހޭނެ ކަމަށް މަޖިލީހުގެ ގަވައިދު ބުނާ ކަމަށާއި، ފުލުހުން އަދަދު ނޫހުގެ އޮފީހަށް ވަދެފައިވަނީ ބަލައި ފާސްކުރުމުގެ ކޯޓު އަމުރެއްގެ ދަށުން ކަން ފުލުހުން ކަށަވަރުކޮށްދޭ ކަމަށެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
1 ގަޑިއިރު ކުރިން
0
އަދަދުގެ އެޑިޓަރު ހަސަންގެ ޕާސްޕޯޓު ވެސް ހިފަހައްޓައިފި
13 ގަޑިއިރު ކުރިން
1
އަދަދުގެ ސީއީއޯ ފިޔާޒް ފުރުން މަނާކޮށްފި
23 ގަޑިއިރު ކުރިން
0
ވަޒީރުންނަށް ރުހުން ދޭން ކޮމިޓީން ފާސްކޮށްފި
7 ދުވަސް ކުރިން
0
އަތޮޅު ކައުންސިލްތައް ރުޖޫއަ ކުރަން ބިލެއް ހުށަހަޅައިފި
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
އަދަދު ނޫހުގެ އޮފީސް ބަލައި ފާސްކުރުމާ ގުޅިގެން ހުށަހެޅި ކުއްލި މައްސަލަ ބޭރު!
1 ގަޑިއިރު ކުރިން
0
އަދަދުގެ އެޑިޓަރު ހަސަންގެ ޕާސްޕޯޓު ވެސް ހިފަހައްޓައިފި
1 ގަޑިއިރު ކުރިން
0
ޕީއެންއެފްގެ މުޒާހަރާ ލައިވް ނުކުރަން ޗެނަލް 13 އަށް އަންގައިފި
3 ގަޑިއިރު ކުރިން
0
އަދަދުގެ ސީއީއޯ ފިޔާޒް ފުރުން މަނާކޮށްފި
13 ގަޑިއިރު ކުރިން
0