ޚަބަރު
ވަޒީރުންނަށް ރުހުން ދޭން ކޮމިޓީން ފާސްކޮށްފި
މިނިސްޓްރީތަކުގެ މެންޑޭޓަށް ބަދަލު ގެނެސް އައްޔަން ކުރެއްވި ވަޒީރުންނަށް ރުހުންދޭން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ ކޮމިޓީން ފާސްކޮށްފި އެވެ.

ވަޒީރުންގެ މަޖިލީހަށް ބަދަލު ގެންނެވީ މި މަހުގެ 14 އަދި 15ގައެވެ. އެގޮތުން، ވަޒީރުންގެ މަޖިލީހުގެ އަދަދު 20 އިން 15 އަށް މަދުކޮށް، 10 ވަޒީރަކު އިސްތިއުފާ ދެއްވިއެވެ. މިއާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެމަނިކުފާނުގެ ވަޒީރުންގެ މަޖިލީހަށް 5 އައު ވަޒީރަކު އައްޔަން ކުރައްވާފައެވެ. އަދި އެމަނިކުފާނުގެ ވަޒީރުންގެ މަޖިލީހުގައި ކުރިން ހިމެނިވަޑައިގެންނެވި 9 ވަޒީރަކު ވަނީ ވުޒާރާތަކަށް ގެންނެވި ބަދަލުތަކާއެކު އަލުން ހުވާ ކުރައްވާފަ އެވެ.

ކެބިނެޓަށް ގެންނެވި ބަދަލުތަކާއި އައްޔަން ކުރެއްވި މިނިސްޓަރުން

  • މިނިސްޓާ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް - މޫސާ ޒަމީރު
  • މިނިސްޓާ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބާ އެންޑް ޓެކްނޮލޮޖީ - އަލީ އިހްސާން
  • މިނިސްޓާ އޮފް ފޮރިން އެފެއާޒް - އިރުތިޝާމް އާދަމް
  • މިނިސްޓާ އޮފް އެޑިއުކޭޝަން، ހަޔާ އެޑިއުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް - ޑރ. އިސްމާއީލް ޝަފީއު
  • މިނިސްޓާ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާ - ގީލާ އަލީ
  • މިނިސްޓާ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް - މުހައްމަދު ސައީދު
  • މިނިސްޓާ އޮފް އިސްލާމިކް އެފެއާޒް އެންޑަވަމަންޓްސް - ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
  • މިނިސްޓާ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން - މުހައްމަދު އަމީން
  • މިނިސްޓާ އޮފް ޔޫތު އެމްޕަވަމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް - އަބްދުﷲ ރާފިއު
  • މިނިސްޓާ އޮފް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް - ހީނާ ވަލީދު
  • މިނިސްޓާ އިންފްރާސްޓްރަކްޗާ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް - ޑރ. އަބްދުﷲ މުއްތަލިބް
  • މިނިސްޓާ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަމަންޓް އެންޑް އެނާޖީ - އަލީ ޝަރީފު
  • މިނިސްޓާ އޮފް ފިޝަރީޒް، އެގްރިކަލްޗާ އެންޑް އޯޝަން ރިސޯސަސް - އަހުމަދު ޝިޔާމް
  • މިނިސްޓާ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސް - ހަސަން ރަޝީދު
މިނިސްޓަރު އަހުމަދު ޝިޔާމް އާއި ހަސަން ރަޝީދު ފިޔަވައި ދެން ތިއްބެވި ވަޒީރުން މަގާމަށް އައްޔަން ކުރެއްވީ މިމަހުގެ 14 ވަނަ ދުވަހު އެވެ. އަހުމަދު ޝިޔާމް އާއި ހަސަން ރަޝީދު އައްޔަން ކުރެއްވީ މިމަހުގެ 15 ވަނަ ދުވަހު އެވެ.

 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު