ވިޔަފާރި
ޝެއާ ދަ ރަން ނަމުގައި ހާއްސަ ގިވްއަވޭއެއް އެލައިޑުން ފަށައިފި
އެލައިޑް އިންޝުއަރެންސުން "ޝެއާ ދަ ރަން" ނަމުގައި ހާއްސަ ގިވްއަވޭއެއް ފަށައިފި އެވެ.

މި ގިފްއަވޭ ލިބޭނީ އިންސްޓަގްރާމްގައި އެލައިޑް އިންޝުއަރެންސްގެ ރަސްމީ ޕޭޖް allied.mv ފޮލޯކޮށްގެންނެވެ. ފޮލޯ ކުރުމަށްފަހު އެލައިޑް އިންޝުއަރެންސް އިން ދުވުމާ ގުޅޭގޮތުން ކުރާ ޕޯސްޓްތައް އިންސްޓަގްރާމް ސްޓޯރީ ލާން ޖެހެ އެވެ. 

އަދި ސްޓޯރީ ހިއްސާކުރާއިރު allied.mv ޓެގްކުރުމާއެކު #AlliedHulhumaléRun2026 ހޭޝްޓެގް ބޭނުންކުރަންވެސް ޖެހެ އެވެ. މި މުބާރާތުން ހޮވޭނީ އެންމެ ގިނައިން ސްޓޯރީ ޝެއާކުރާ ފަރާތެކެވެ. މުބާރާތް ކުރިއަށްދާނީ އަންނަ މަހުގެ 23 ގެ ނިޔަލަށެވެ.

އެލައިންޑުން މިއަދު ބުނީ އެއީ މި އަހަރު ބާއްވަން ހަމަޖެހިފައިވާ "އެލައިޑް ހުޅުމާލެ ރަން" އަށް ތައްޔާރުވުމުގެ ގޮތުންނާއި ސޯޝަލް މީޑިއާގައި އެ ކުންފުންޏަށް ތަރުހީބުދޭ މީހުންނަށް ޝުކުރު އަދާކުރުމަސް ފެށި ގިވްއަވޭއެއް ކަމަށެވެ.

އެލައިޑް އިންޝުއަރެންސުން އެދެނީ އެ ފޯރިގަދަ އިޖުތިމާއީ ހަރަކާތުގައި ވީހާ ވެސް ގިނަ ބަޔަކު ބައިވެރިވެ، ދުވުމުގެ ރޫހު އާލާކުރުމަށެވެ.

އިތުރު މައުލޫމާތު ހޯދުމަށް އެލައިޑްގެ އިންސްޓަގްރާމް ޕޭޖް @allied.mv ފޮލޯކުރުމަށް ވެސް ވަނީ އެދިފަ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު