
ދިރާގުގެ 37 ވަނަ އަހަރީ އާންމު ޖަލްސާ ހޮޓެލް ޖެންގައި މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ވަނީ ބާއްވާފަ އެވެ.މިއަހަރުގެ ދިރާގުގެ އަހަރީ އާންމު ޖަލްސާގައި 74،240،990 ހިއްސާ ތަމްސީލުކުރާ ހިއްސާދާރުން ވަނީ ބައިވެރިވެފަ އެވެ. އަހަރީ އާންމު ޖަލްސާގައި ވަނީ 2025 ވަނަ އަހަރުގެ ޑިވިޑެންޑްގެ ގޮތުގައި ހިއްސާއަކަށް 8.70 ރުފިޔާ ބެހުމަށް ހިއްސާދާރުންގެ ވޯޓުން ފާސްކޮށްފަ އެވެ. މީގެ ތެރޭގައި، 2025 ވަނަ އަހަރުގެ ތެރޭގައި އިންޓެރިމް ޑިވިޑެންޑްގެ ގޮތުގައި ހިއްސާއަކަށް ދީފައިވާ 1.66 ރުފިޔާ އަދި ހިއްސާއަކަށް ފައިނަލް ޑިވިޑެންޑްގެ ގޮތުގައި ހުށަހަޅައިފައިވާ 7.04 ރުފިޔާ ހިމެނެ އެވެ.