ދިރާގުން މިދިޔަ ރޯދަމަހު ކުރިއަށް ގެންދިޔަ 'ކާށްޓެއް ބިނދެގެން ޗައިނާއަށް' ދެވޭ ޕްރޮމޯޝަންގެ ނަސީބުވެރި ފަރާތް އިއުލާންކޮށްފި އެވެ.
މިއީ ރޯދަމަހު ކަސްޓަމަރުންނަށް ތަފާތު ތަޖުރިބާއަކާއެކު އަގުހުރި އިނާމުތައް ފޯރުކޮށްދިނުމަށް ކުރިއަށް ގެންދިޔަ ޑިޖިޓަލް އެންގޭޖްމެންޓް ޕްރޮމޯޝަނެކެވެ.
އެ ޕްރޮމޯޝަންގައި ދިރާގުއެޕް މެދުވެރިކޮށް ކޮންމެ ދުވަހަކު ކާށްޓެއް ބިނދެގެން ކަސްޓަމަރުންނަށް ދުވާލަކު ދެ ޖީބީ ޑޭޓާ ހިލޭ ދިނެވެ. އެ ޕްރޮމޯޝަންގެ ބައިވެރިންގެ ތެރެއިން ޗައިނާ ދަތުރު ދީފައިވަނީ ރޯދަ މަހުގެ ކޮންމެ ދުވަހަކު އެ ހަރަކާތުގައި ބައިވެރިވި ފަރާތްތަކުގެ މެދުގައި ނެގި ގުރުއަތުންނެވެ. އެ ޕްރޮމޯޝަނަކީ މިއަހަރުގެ ރޯދަމަހު ކުރިއަށް ގެންދިޔަ އެންމެ ފޯރިގަދަ އަދި އެންމެ ގިނަ ބައެއްގެ ތަރުހީބު ލިބުނު ޕްރޮމޯޝަނެވެ.
މީގެ އިތުރުން، މުޅި ރޯދަ މަހުގެ ކޮންމެ ދުވަހަކު މި ހަރަކާތުގައި ބައިވެރިވި ފަރާތްތަކުގެ މެދުގައި ނެގުނު ގުރުއަތުން ހޮވުނު ނަސީބުވެރިޔާއަށް ޗައިނާއަށް ދެ މީހުންގެ ޗުއްޓީ ދަތުރެއް ދީފައިވެ އެވެ.އެ ޕްރޮމޯޝަންގެ ނަސީބުވެރިއަކަށް ހޮވުނީ މުހައްމަދު ޒީހާން އަބްދުﷲ އެވެ.