ވިޔަފާރި
ތިން އަތޮޅެއްގައި ފެނަކައިން ދިން ހިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކޮށްފި
ފެނަކަ ކޯޕަރޭޝަނުން ބައެއް އަތޮޅުތަކުގައި ދެމުން އައި ކަރަންޓާއި ފެނާއި ނަރުދަމާގެ ހިދުމަތްތައް ގައުމީ ކަރަންޓް ކުންފުނި، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އާ ހަވާލުކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މި ބަދަލު ގެނައުމަށް ހަމަޖެހިފައިވަނީ ބ.، ޅ.، އަދި މ. އަތޮޅުގެ ރަށްރަށުގަ އެވެ.

ސަރުކާރުން ބުނި ގޮތުގައި މި ނިންމުމަކީ ދައުލަތުގެ ހިދުމަތްތައް ހިންގުމުގެ ނިޒާމަށް ސަރުކާރުން ގެންނަވަމުންދާ ބޮޑެތި އިސްލާހީ ބަދަލުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. މީގެ މައިގަނޑު މަގުސަދަކީ ހިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުން މިހާރަށްވުރެ ބޮޑަށް ކަށަވަރުކުރުމާއި މަސައްކަތުގެ ހިންގުން ހަރުދަނާކޮށް އަސާސީ ހިދުމަތްތައް ރައްޔިތުންނަށް ފަސޭހައިން ލިބޭނެ މަގު ތަނަވަސްކޮށްދިނުން ކަމަށްވެސް ސަރުކާރުން ބުނެ އެވެ.

ސްޓެލްކޯއިން މިހާރުވެސް ދަނީ ކ.، ވ.، އއ.، އަދި އދ. އަތޮޅުގެ ރަށްރަށުގައި ޔުޓިލިޓީ ހިދުމަތްތައް ފޯރުކޮށްދެމުންނެވެ.

ސްޓެލްކޯއިން މި ވަގުތު ވެސް އަންނަނީ މާލެ ސަރަހައްދުގެ އިތުރުން ކ. އަތޮޅާއި އއ އަތޮޅާއި އދ. އަތޮޅާއި ވ. އަތޮޅުގައި މިހާރު ވެސް ޔުޓިލިޓީ ހިދުމަތް ދެމުންނެވެ. އަދި އަލަށް އިތުރުކުރި ރަށްތަކާއެކު، އެ ކުންފުނިން ހިދުމަތްދޭ ރަށްރަށުގެ އަދަދު 61 އަށް އަރާނެ އެވެ.

"މި ނިންމުން ތަންފީޒުކުރުމުގައި އެންމެ ބޮޑު އިސްކަމެއް ދޭނީ މެދުނުކެނޑި ކަރަންޓާއި އެހެނިހެން ހިދުމަތްތައް ދިނުމަށެވެ. އަދި މުވައްޒަފުންނާއި ވަސީލަތްތައް ބަދަލުކުރުމުގެ ކަންކަން އޮމާންކަމާއެކު ކުރިއަށް ގެންގޮސް ހިދުމަތުގެ ފެންވަރު މިހާރަށް ވުރެ ރަނގަޅުވާނެ ފަދަ ހަރުދަނާ އިންތިޒާމުތަކެއް ވަނީ ހަމަޖައްސާފަ އެވެ،" ބަޔާނުގައިވެ އެވެ.  

 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު