ޚަބަރު
މާލެ އާއި ހުޅުމާލެއިން ކަރަންޓު ކެނޑިއްޖެ
މާލެ އާއި ހުޅުމާލެއިން އެއްކޮށް، ދާދި ދެންމެއަކު، ކަރަންޓް ކެނޑިއްޖެ އެވެ.

މެންދުރު 12 ޖަހާކަންހާއިރު މާލެ އާއި ހުޅުމާލެ އިން ކަރަންޓު ކެނޑިފައިވީ ނަމަވެސް ސީދާ ސަބަބެއް ސްޓެލްކޯ އިން އަދި ނުބުނެ އެވެ. 

"ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން މާލެ އާއި ހުޅުމާލެއިން ވަނީ ކަރަންޓުގެ ހިދުމަތް މެދުކެނޑިފައި. މައްސަލަ ދެނަގަނެ، ހައްލުކޮށް އަލުން ކަރަންޓު ދިނުމުގެ މަސައްކަތްތައް ދަނީ ކުރެވެމުން،" ސްޓެލްކޯ އިން ބުންޏެވެ.

މާލެ އާއި ހުޅުމާލޭގެ އެކި ހިސާބުތަކުން ދޭތެރެދޭތެރެއިން ކަރަންޓް ކެނޑެ އެވެ. ހާއްސަކޮށް ހުޅުމާލޭގެ ހިޔާ ސަރަހައްދެވެ. އެކަމަކު މިގޮތަށް މާލެ އާއި ހުޅުމާލެއިން އެއްފަހަރާ ކަރަންޓް ދިއުމަކީ، މީގެ ބޮޑު ކަމަށް ބަލާއިރު، އާދައިގެ މައްސަލައެއް ކަމަކަށް ނުފެނެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު