ވިޔަފާރި
ހުޅުމާލެ ދެވަނަ ފިޔަވަހީގެ ކަރަންޓު ނެޓްވާކާއި ސްޓްލެކޯއިން ހަވާލުވެއްޖެ
ހުޅުމާލެ ދެވަނަ ފިޔަވަހީގެ ކަރަންޓު ނެޓްވަރކާއި ސްޓެލްކޯ އިން ޙަވާލުވުމުގެ ގޮތުން އެ ކުންފުންޏާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފި އެވެ. 

ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގް ޑިރެކްޓަރު ޑރ. ޢަލީ އަޒްވަރެވެ.އެޗްޑީސީގެ ފަރާތުން ފަހުމުނާމާގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރެވެ.

ގެ ކުރިން ފޭސް ދޭކަށް ކަރަންޓް ފޯރުކޮށް ދެމުން ދިޔައީ އެޗްޑީސީގެ ނެޓްވޯކަކުންނެވެ. ނަމަވެސް ދެން އެ ނެޓްވޯކާ ގުޅޭ ހުރިހާ ކަމެއް ކުރާނީ ސީދާ ސްޓެލްކޯއިންނެވެ.

ޅުމާލެ ދެވަނަ ފިޔަވަހީގައި ސްޓެލްކޯގެ އިމަޖެންސީ ރެސްޕޮންސް ސެންޓަރެއް ގާއިމްކުރުމަށް ބޭނުންވާ ޖާގަ ވެސް ޑިވެލޮޕްމަންޓް އެޗްޑީސީން ހަވާލުކޮށްފައިވެ އެވެ.

މި ރަސްމިއްޔާތުގައި ސްޓެލްކޯއިން ވަނީ އެޗްޑީސީއަށް ލައިޓް ޕޯސްޓްތަކެއް ވެސް ހަދިޔާކޮށްފަ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު