ޚަބަރު
ހިޔާ އަދި ވިނަރެސްގެ ބައެއް ޓަވަރުތަކުން ކަރަންޓު ކެނޑިއްޖެ
ޓެކްނިކަލް މައްސަލައެއް ދިމާވެ ހުޅުމާލެ ފޭސް 2ގެ ބައެއް ސަރަހައްދުތަކުން އަނެއްކާވެސް މިއަދު ކަރަންޓު ކެނޑިއްޖެ އެވެ.

ސްޓެލްކޯ އިން ބުނީ އެ ޓަވަރުތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑުނީ ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކަމަށެވެ. ކަރަންޓު ކެނޑުމަށް ދިމާވި މައްސަލަ ދެނެގަނެ، ހައްލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ސްޓެލްކޯ އިން ބުންޏެވެ.

ސްޓެލްކޯއިން ބުނީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ޓަވަރު 5، 6، އަދި 7 އަދި ވިނަރެސްގެ 10 ޓަވަރުން ވަނީ ކަރަންޓު ކެނޑިފަ އެވެ. އަދި އަމާން ދޯދި 12، 13، 14، 15، އަދި 16 ޓަވަރުގެ އިތުރުން އަމާން އުދަރެސް 5، އަދި 6

އެމްޕީއޭލް އާއި ފަހި ފެލްޓުތަކުގެ ބައެއް ޓަވަރުތަކުން ވެސް ކަރަންޓުގެ ހިދުމަތް މެދުކަނޑިފައިވާ ކަމަށް އާންމުންގެ މީހުން ސޯޝަލް މީޑިއާގައި ބުނެފައިވެ އެވެ. 

މީގެ ދެ ހަފްތާއެއްހާ ދުވަސް ކުރިން ވެސް ފޭސް 2ގެ ބައެއް ޓަވަރުތަކުން ކަރަންޓު ކެނޑި، އާންމުންނަށް ގިނަ ދަތިތަކާ ކުރިމަތިލާން ޖެހުނެވެ. އެ ދުވަހު ކަރަންޓުގެ ހިދުމަތް ދެވުނީ 9 ގަޑިއިރެއްހާއިރު ފަހުންނެވެ.



ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު