ޚަބަރު
ހުރާގެ ކަރަންޓާއި ފެނާއި ނަރުދަމާގެ ހިދުމަތް ދިނުމަށް ސްޓެލްކޯއަށް
ކ. ހުރާގެ ކަރަންޓާއި ފެނާއި ނަރުދަމާގެ ހިދުމަތް ސްޓެލްކޯގެ ބެލުމުގެ ދަށަށް މިއަދު ބަދަލުކޮށްފި އެވެ.

ސްޓެލްކޯގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ ޑެޕއިުޓީ މެނޭޖިން ޑިރެކްޓަރު ޑރ. އަލީ އަޒްވަރާއި ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހެވެ. އެ ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ހުރާ ދާއިރާގެ މެމްބަރު އަނާރާ ނައީމް ވެސް ބައިވެރިވެވަޑައިގަތެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު އަޒްވަރު ވިދާޅުވީ ކ. އަތޮޅުގައި ހުރާ ފިޔަވައި އެހެން ހުރިހާ ރަށެއްގައި ވެސް އެ ހިދުމަތްތައް ދެމުން އަންނަނީ ސްޓެލްކޯ އިން ކަމަށެވެ. 

ނަމަވެސް އެ ރަށުގައި އެ ހިދުމަތް ދެމުން އަންނަނީ ފެނަކައިން ކަން ފާހަގަ ކުރައްވައި އަޒްވަރު ވިދާޅުވީ ހުރާގެ ހިދުމަތްތައް ވެސް ސްޓެލްކޯގެ އެހެން ރަށްރަށާ އެއް ފެންވަރަކަށް، އެއް މިންގަނޑަކަށް ކުރިއަށް ގެންދަން ބޭނުންވާ ކަމަށެވެ.

މިރަސްމިއްޔާތުގައި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ނަޖާހު ދެއްކެވި ވާހަކައިގައި ވިދާޅުވީ މިއަދު މިމަސައްކަތް ސްޓެލްކޯއާ ހަވާލުވެގެން މިދިޔައީ ގިނަ މަޝްވަރާތަކެއް ކުރެވުނު ދިގު ސިލްސިލާއެއްގެ ނިމުން ކަމަށެވެ.

ގްރޭޓަރ މާލެއާއި ކ އަތޮޅުގެ އިތުރުން އއ، އދ އަދި ވ އަތޮޅުގެ ރަށްތަށް ހިމެނޭގޮތަށް ޖުމްލަ 36 ރަށެއްގައި ކަރަންޓުގެ ޚިދުމަތާއި، 25 ރަށެއްގައި ފެނުގެ ހިދުމަތް އަދި 24 ރަށުގައި ނަރުދަމާގެ ހިދުމަތް ސްޓެލްކޯއިން ދަނީ ފޯރުވައިދެމުންނެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު