ޕީއެންސީގެ ދާއިރާތަކުގެ އިންތިހާބުގެ ވޯޓުލުން މިއަދު ހެނދުނު ފަށައިފި އެވެ.
މިއަދު ހެނދުނު 9:00 ޖެހިއިރު، ވޯޓުލުން ފެށިއިރު، ހަވީރު 16:00އާ ހަމައަށް ވޯޓުލުން ކުރިއަށް ދާނެއެވެ.އެ ޕާޓީގެ 130 ރަށު ސްޓިއަރިން ކޮމިޓީތަކާއި ދާއިރާތަކުގެ އިންތިހާބުގައި އެކިއެކި މަގާމުތަކަށް 2،500 އަށްވުރެ ގިނަ ބޭފުޅުން އިންތިހާބު ކުރާނެއެވެ.ޕީއެންސީގެ ދާއިރާތަކަށް އިންތިހާބުކުރާނީ ދާއިރާ ރައީސާއި ދާއިރާގެ ނައިބު ރައީސާއި އަންހެނުންގެ ހަރަކާތުގެ ރައީސާއި ޒުވާނުން ހަރަކާތުގެ ރައީސް އަދި ސްޓިއަރިން ކޮމިޓީގެ ރައީސް އެވެ.
ޕީއެންސީގެ ކޮންގްރެސް ބާއްވަން ނިންމާފައި ވަނީ އަންނަ ސެޕްޓެމްބަރު މަހުގެ 15 އިން 18 އަށެވެ.