ޚަބަރު
ފަނޑިޔާރުންގެ ތެރޭގައި ކޮރަޕްޓް ފަނޑިޔާރުން ގިނަ: ޔާމީން
ކުރީގެ ރައީސް ޔާމީންގެ ޕީއެންއެފުން އާޓިފިޝަލް ބީޗްގަައި ބެއްވި ޖަލްސާއެއްގެ ތެރެއިން - ފޮޓޯ: ދައުރު
ރާއްޖޭގައި މިހާރު ތިބި ފަނޑިޔާރުންގެ ތެރޭގައި ކޮރަޕްޓް ފަނޑިޔާރުން ގިނަ ކަމަށާއި މި ހާލަތުގައި ތިބެ މަރުގެ އަދަބު ދިނުމާ މިހާރު ދެކޮޅު ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެ އެވެ.

ޕީއެންއެފްގެ އޮފީހުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޔާމީން ވިދާޅުވީ ރާއްޖޭގައި މިހާރު ތިބި ފަނޑިޔާރުންގެ އަދުލުވެރިކަމެއް ނެތް ކަމަށާއި މަރުގެ ހުކުމް އިއްވަން އެ މީހުންނާ ހަވާލުކުރަން ހެޔޮނުވާނެ ކަމަށެވެ.

"މަރުގެ ހުކުމް ކުރަނީ ކޮންބައެއްތޯ؟ އެއްކަލަ އަދުލުވެރިކަން ނެތް ފަނޑިޔާރުންނޭ. ފަނޑިޔާރުންގެ ނިޒާމު މިހެން އޮއްވައި. އަޅުގަނޑު ކުރިން ދެންނެވިން ދެއްތޯ އަޅުގަނޑަކީ މަރުގެ ހުކުމަށް ތަންފީޒުކުރަން އަޅުގަނޑަކީ ކުރީގައި އެކަމަށް ވަކާލާތުކުރި މީހެއް އިނގޭތޯ؟" ޔާމީން ވިދާޅުވި އެވެ.

މީގެ ކުރިން މަރުގެ އަދަބު ދިނުމަށް ވަކާލާތުކުރެއްވި ނަމަވެސް މި ފަހުން ކުރެވުނު ތަޖުރިބާތަކަށް ފަހު މިހާރު މަރުގެ އަދަބު ދިނުމާ ދެކޮޅު ކަމަށް ޔާމީން ވިދާޅުވި އެވެ.

ރޭގެ ޖަލްސާގައި ވާހަކަދައްކަވަމުން ޔާމީން ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ސިޔާސީ ޕާޓީއަކުން ވަކިކޮށްފި ނަމަ މަގާމު ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލް ކުރަން ނުޖެހޭ ކަމަށް ސުޕްރީމް ކޯޓުން ކުރި ހުކުމަކީ ނުރައްކާތެރި ނިންމުމެއް ކަމަށް ވިދާޅުވެ އެކަމަށް ވެސް ފާޑުވިދާޅުފަ އެވެ.

"އެހަށް ދުވަހު ސުޕްރީމް ކޯޓުން ނިންމީ ވަރަށް ނުރައްކާތެރި ނިންމުމެއް. އެ ނިންމުމަށް އަޅުގަނޑު ފަރުދެއްގެ ހައިސިއްޔަތުން އަދި ސިޔާސީ މަސައްކަތުގައި އެތައް ޒަމާނެއް ވަންދެން އުޅެފައި ހުރި މީހެއްގެ ހައިސިއްޔަތުން އަޅުގަނޑު އެ ނިންމުމަކަށް އެއްބަހެއް ނުވަން،" ޔާމީން ވިދާޅުވި އެވެ. 

ޔާމީން ވިދާޅުވީ، މަޖިލީހުގެ މެންބަރުންނަކީ ގާނޫނު ނަގަހައްޓައި، އާންމު މަސްލަހަތު ހިމާޔަތް ކުރަންޖެހޭ ބަޔެއް ކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ކަމަށެވެ. ނަމަވެސް ސުޕްރީމް ކޯޓުން ނިންމި ގޮތުން މެންބަރުން ހިމާޔަތް ކުރަންޖެހޭނީ އެމީހެއްގެ ޕާޓީ ކަމަށް ޔާމީން ވިދާޅުވި އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު