ޚަބަރު
ރައްޔިތުންގެ ހިޔާލު ނުހޯދާ ހޯރަފުށިން މުއްސަނދިންނަށް ވިއްކަން އުޅޭ ހުސްގޯތިތަކާއި ގެވަޅުތައް!
ރައްޔިތުންގެ ހިޔާލު ނުހޯދާ ހޯރަފުށިން މުއްސަނދިންނަށް ވިއްކަން އުޅޭ ހުސްގޯތިތަކާއި ގެވަޅުތައް!
ހއ. ހޯރަފުށީގައި ހުރި ހުސްގޯތިތަކާއި ގެވަޅުތައް ކައުންސިލުން މުއްސަނދިންނަށް ވިއްކާލަން އުޅޭތީ އެމަކާއި ރައްޔިތުންގެ މެދުގައި ކަންބޮޑުވުން އުފެދިއްޖެ އެވެ.

ހޯރަފުށީ ކައުންސިލްގެ ރައީސް މުހައްމަދު އަޝްފާމް "ހޯރަ" އަށް ވިދާޅުވީ ރަށުގައި ހުރި ބައެއް ހުސްގޯތިތަކާ ބައެއް ގެވަޅުތައް ކައުންސިލުން ވިއްކުމަށް ކައުންސިލްގެ ބައްދަލުވުމަކުން ފާސްކޮށްފައި ވާނެ ކަމަށާއި އަދި މިކަމާއި މައި ސަރުކާރުގެ ލަފަޔަކަށް ވެސް އެދިފައިވާނެ ކަމަށެވެ. 

މި ފަދަ ނިންމުމެއް ނިންމުމުގެ ކުރިން ރައްޔިތުންގެ ލަފާ ހޯދިން ތޯ ސުވާލުކުރުމުން އަޝްފާމް ވިދާޅުވީ ރައްޔިތުންގެ ލަފާ ހޯދާނީ މިކަން ތަންފީޒު ކުރުމުގެ ކުރިން ކަމަށެވެ.

އަކަފޫޓަކަށް 250 ރުފިޔާ އަށްވުރެ ކުޑަ ނުވާގޮތަށް ބިން ވިއްކަން ވޯޓު ދެއްވި ކައުންސިލަރުންނަކީ: 

  • ހޯރަފުށީ ކައުންސިލްގެ ރައީސް  - މުހައްމަދު އަސްފާމް
  • ހޯރަފުށީ ކައުންސިލްގެ މެންބަރު  - އަހްމަދު ރައޫފް
  • ހޯރަފުށީ ކައުންސިލްގެ މެންބަރު  - އާމިނަތު އަބްދުއް ސައްތާރު
އަކަފޫޓަކަށް 250 ރުފިޔާ އަށްވުރެ ކުޑަ ނުވާގޮތަށް ބިން ވިއްކަން ވޯޓު ނު ދެއްވާ ކައުންސިލަރުންނަކީ: 

  • ހޯރަފުށީ ކައުންސިލްގެ ނައިބު ރައީސް - އަހުމަދު އިމްދާހު
  • ހޯރަފުށީ ކައުންސިލްގެ މެންބަރު  - އާމިނަތު ވިސާމާ
"ހޯރަ"އަށް ލިބިފައިވާ ޗާޓުގައި ރަތުން ބޮޅުއަޅާ ފާހަގަކޮށްފައި އެވަނީ ކައުންސިލުން " މުއްސަނދިންނަށް ވިއްކާލަން" އުޅޭ ބިންތައް ކަމަށް ބެލެވެ އެވެ.

ހއ. ހޯރަފުށީގައި ހުރި ހުސްގޯތިތަކާއި ގެވަޅުތައް ކައުންސިލުން މުއްސަނދިންނަށް ވިއްކާލަން އުޅޭތީ އެމަކާއި އެ ރަށު ކައުންސިލްގެ ނައިބު ރައީސް އަހުމަދު އިމްދާހު ވެސް ވަނީ މިކަމާއި ދެކޮޅު ހައްދަވައިފަ އެވެ.

މިކަމުގެ ކަންބޮޑުވުން ފާޅުކުރި ހޯރަފުށީ މީހަކު ބުނީ ކައުންސިލަށް ބިމެއް ވިއްކޭނީ ލޭންޑް ޔޫސް ޕްލޭންގައި އެކަމެއް ހިމަނާ ފާސްކޮށްގެން ކަމަށެވެ. އަދި ރަށުގެ ލޭޑް ޔޫސް ޕްލޭން އަކީ ރައްޔިތުންގެ ލަފާ ހޯދައިގެން ކައުންސިލުން ނިންމަން ޖެހޭ އެއްޗެއް ކަމަަށެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
1 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު