މިދިޔަ އަހަރު ނިމުނު އިރު ސްޓެލްކޯއަށް ފައިދާގެ ގޮތުގައި 239 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.
އޮޑިޓް އޮފީހުގެ ރިޕޯޓުގައިވާ ގޮތުން 2024 ވަނަ އަހަރު އެ ކުންފުންޏަށް ފައިދާގެ ގޮތުގައި ލިބުނީ 181 މިލިއަން ރުފިޔާއެވެ. އެހެންކަމުން މިއީ 30 ޕަސަންޓުގެ އިތުރުވުމެކެވެ.މާލެ އާއި ބައެއް ރަށްރަށުގައި ކަރަންޓުގެ ހިދުމަތްދޭ ކުންފުނިން ތެލުގެ ހަރަދުތަކަށް މިދިޔަ އަހަރު 66 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. އެއީ އޭގެ ކުރީ އަހަރުގެ ހޭދައާ އަޅާބަލާއިރު 45 ޕަސެންޓް އިތުރު އަދަދެކެވެ.
މިދިޔަ އަހަރު ލޯނު އަނބުރާ ދެއްކުމަށް އެކުންފުނިން 140 މިލިއަން ރުފިޔާ ހޭދަކުރި އެވެ. އޭގެ ކުރީ އަހަރު ވަނީ 150 މިލިއަން ރުފިޔާ ހޭދަކޮށްފަ އެވެ.ސްޓެލްކޯއިން މިދިޔަ އަހަރުގެ ތެލުގެ ހަރަދަށް 66 މިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ.އޮޑިޓު ރިޕޯޓުގައިވާ ގޮތުން ސްޓެލްކޯއިން ރިޓަޔާކުރި މީހުންގެ އިނާޔަތްތަކަށް މިދިޔަ އަހަރު ވަނީ 20 މިލިއަން ރުފިޔާ ދީފައެވެ.