ވިޔަފާރި
ހުޅުމާލޭގައި 70 މެގަވޮޓުގެ އިންޖީނުގެއެއް އެޅުމަށް ސްޓެލްކޯ އިން ނިންމައިފި
ހުޅުމާލޭގައި 70 މެގަވޮޓުގެ އިންޖީނުގެއެއް އެޅުމަށް ސްޓެލްކޯ އިން ނިންމައިފި އެވެ. ހުޅުމާލެ 1 ގައި މިހާރު އާންމުކޮށް ބޭނުންކުރަނީ 50 މެގަވޮޓްގެ އިންޖީނުގެ އެވެ. 

ޕީއެސްއެމް އަށް ދެއްވި އިންޓަވިއުއެއްގައި އަޒުވަރު ވިދާޅުވީ މާލޭ ސަރަހައްދުގެ އާބާދީ އިތުރުވަމުން އަންނައިރު މިހާރުން މިހާރަށް ގެންނަން ޖެހޭ އަޕްގްރޭޑުތައް އެބަހުރި ކަމަށެވެ. 

މީގެ ކުރިން އާބާދީ އިތުރުވަމުންދިޔަ ދަނޑިވަޅުތަކުގައި ކޮންމެ ފަހަރަކު ވެސް ޖެހެނީ ހައި ސްޕީޑް ޖެންސެޓުތަކެއް ގެނެސްގެން އެއިން ކަރަންޓު ފޯރުކޮށްދޭން ކަމަށް އަޒުވަރު ވިދާޅުވި އެވެ.

އެހެންވެ، އަންނަ އަހަރާއި 2028 ގެ ޕީކް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން މިހާރު ޕްލޭންކޮށްފައި ވަނީ މީޑިއަމް ސްޕީޑް ޕަވަ ހައުސްއެއް ހުޅުމާލޭ 2 ގައި ތަރައްގީކުރުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

މާލެ ސަރަހައްދުގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމުގެ ގޮތުން ސަރުކާރުން ވަނީ ސިކްސްތު ޕަވަ ޕްރޮޖެކްޓް ފަށައި، 100 މިލިއަން މެގަވޮޓްގެ މަޝްރޫއެއް ހުޅުމާލޭގައި ކުރިއަށް ގެންދިއުމަށްވެސް ކުރިން ނިންމާފަ އެވެ. ނަމަވެސް ސިކްސްތު ޕަވަ ޕްރޮޖެކްޓް މަޝްރޫއަށް އިތުރު 100 މެގަވޮޓް އިތުރުކޮށް ޖުމުލަ 200 މެގަވޮޓުގެ މަޝްރޫއަކަށް ބަދަލުކޮށް އެ މަޝްރޫއު ގުޅިފަޅުގައި ކުރިއަށް ގެންދިއުމަށް ސަރުކާރުން މިހާރު ވަނީ ނިންމާފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު