ވިޔަފާރި
ހއ. އަތޮޅުގެ ކަރަންޓު ހިދުމަތާއި ސްޓެލްކޯއިން ހަވާލުވެއްޖެ
ހއ.އަތޮޅުގެ ކަރަންޓު ޚިދުމަތާއި ރަސްމީކޮށް ސްޓެލްކޯއިން ހަވާލުވެއްޖެ އެވެ.

ސްޓެލްކޯއިން މައުލޫމާތު ދިން ގޮތުގައި، ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ނިންމެވުމާ އެއްގޮތަށް، ހއ. އަތޮޅުގައި ފެނަކައިން ދެމުން އައި ހިދުމަތްތަކާ އެ ކުންފުނިން މިހާރު ވަނީ ރަސްމީކޮށް ހަވާލުވެފަ އެވެ. އަދި އެ އަތޮޅުގެ ރަށްރަށުގައި ދެމުންދާ ހިދުމަތްތަކުގެ ފެންވަރު، ސްޓެލްކޯގެ މިންގަނޑުތަކަށް ފެއްތުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައް، ހިދުމަތާ ހަވާލުވި ދުވަހުން ފެށިގެން ކުރަމުންދާ ކަމަށް އެ ކުންފުނިން ބުންޏެވެ. ސްޓެލްކޯގެ މައިގަނޑު އަމާޒަކީ އެ އަތޮޅުގެ ރައްޔިތުންނަށް އިތުބާރުހުރި، ދެމެހެއްޓެނިވި އަދި ފެންވަރު ރަނގަޅު ހިދުމަތެއް ކަށަވަރުކޮށްދިނުމެވެ.


މީގެކުރިން ސްޓެލްކޯއިންވަނީ އައްޑޫސިޓީ، ކުޅުދުއްފުށި ސިޓީގެ ކަރަންޓުގެ ޚިދުމަތާއި ރަސްމީކޮށް ހަވާލުވެފައެވެ. ޕީއެސްއެމް ނިއުސް އަށް ދެއްވި އިންޓަރވިއުއެއްގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ޑރ. އަލީ އަޒުވަރު ފާހަގަކުރެއްވިގޮތުގައި ސްޓެލްކޯގެ އުއްމީދަކީ ރަށްރަށުގެ ކަރަންޓުގެ ހާލަތު އާއްމުން ޤަބޫލުކުރާ ފެންވަރަށް ރަނގަޅުކޮށްދިނުމެވެ.

ފެނަކަ އުވާލާ ސްޓެލްކޯގެ ދަށަށް ހިދުމަތްތައް ބަދަލު ކުރުމަށް ސަރުކާރުން ނިންމާފައިވަނީ، ހިންގުމުގެ ޚަރަދު ކުޑަކޮށް ހަރުދަނާ ނިޒާމެއްގެ ދަށުން ޚިދުމަތްތައް ފޯރުކޮށްދިނުމުގެ މަޤްސަދުގައެވެ.
 

ކިޔުންތެރިންގެ ޝުއޫރު
100%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު